
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން އަނެއްކާވެސް ނިރުބަވެރި ޙަމަލާތަކެއް ދިނުމުން، އެކަމާމެދު ލުބްނާންގެ ބޮޑުވަޒީރު ނުވާފް ސަލާމް ކަންބޮޑުވުން ފާޅު ކުރައްވައި، ޙަމަލާތައް ކުށްވެރި ކުރައްވައިފިއެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲގެ މަރުކަޒުތައް ސުންނާފަތިކޮށްލުމުގެ ނަމުގައި، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ލުބްނާންގެ ދެކުނުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތިން އަވަށަކަށް ޙަމަލާތައް އަމާޒުކޮށްފައެވެ. ސަލާމް ވިދާޅުވީ، ޙަމަލާތައް ބަދަލުކުރަން މެދުކަނޑައިލަން، އެމެރިކާ އާއި ފަރަންސޭސިވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޙިޒްބުﷲއާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، ޔަހޫދީން މިފަދަ ޙަމަލާތައް ދެމުންދަނީ ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން، ޔަހޫދީންގެ މި ނިރުބަވެރި ޢުދުވާނުތައް ހުއްޓުވަން، ޔަހޫދީންނަށް ވަރުގަދައަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ސަލާމް ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައްވައިފައެވެ.
ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދިނީ، އާންމުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް އިންޒާރުދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން، ގިނަ ބަޔަކަށް އެ ސަރަޙައްދުތައް ދޫކޮށް ދިޔުމުގެ ފުރުޞަތު ލިބިފައިނުވާކަމަށް ލުބްނާންގެ މީޑިއާ ރިޕޯޓުތައް ބުންޏެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ. އެއަށް ފަހު، 2024 ސެޕްޓެންބަރު 30ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ބައިރޫތަށެވެ.
ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކަށެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
