
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ޔަމަނަށް ދެމުންދާ ޢުދުވާނުތަކުގެ ރައްދުގައި، ޔަހޫދީންގެ މައި ސަހަރަކަށް ޔަމަނުގެ ޙޫޘީން ޑްރޯން ޙަމަލާއެއް ދީފިއެވެ. ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބުނީ، އެ ޑްރޯން ވެއްޓިފައިވަނީ އިސްރާއީލުގެ ދެކުނުގައި އޮންނަ އީލާތު ސަހަރަށް ކަމަށެވެ. އެ ޑްރޯން ވެއްޓުނު ވަގުތު ބައެއް ތަންތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ބުންޏެވެ. އަދި އެ ޑްރޯން ވެއްޓުނީ، ފުޅާދާއިރާއެއްގައި ފަތުރުވެރިކަންކުރާ އީލާތުގެ ހޮޓާތައް ހުންނަ ސަރަހައްދަށް ކަމަށް ބުނެފައިވެއެވެ. ޙޫޘީންގެ މި ޙަމަލާ އަމާޒުކޮށްފައިވަނީ، ޔަމަނަށް ޔަހޫދީން ދެމުންދާ ޢުދުވާނުތައް އަނެއްކާވެސް ވަރުގަދަކޮށްފައިވަނިކޮށެވެ.
ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު ޔަހޫދީން އަލް-ޙުދައިދާގެ ބަނދަރަށް ޙަމަލާ ދީފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީން ޔަމަނަށް ދިން ޙަމަލާތަކެއްގައި ޙޫޘީންގެ އިސްވެރިންތަކެއް ޝަހީދުކޮށްލާފައި ވަނިކޮށެވެ. ޔަހޫދީން އެ ބަނދަރަށް 12 ޙަމަލާ ދީފައިވާއިރު، އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ މީގެ ކުރިން ޔަހޫދީން ދިން ވައިގެ ޙަމަލާތަކެއްގައި ގެއްލުން ލިބުނު، ނަމަވެސް މިހާރު އަލުން މަރާމާތުކޮށްފައިވާ ތިން ސަރަޙައްދަކަށެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ.
މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
