
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިޓަލީވިލާތުގެ ބަނދަރެއް މެދުވެރިކޮށް ޒަޔަނިސްޓު އިސްރާއީލަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކެއް ގެންދިޔުމަށް މަސައްކަތް ކުރުމުން، އެ ބަނދަރުގެ އިދާރާއާއި މުވައްޒަފުން ގުޅިގެން އެ ކަމަށް ހުރަސް އަޅައިފިއެވެ. ޒަޔަނިސްޓު އިސްރާއީލަށް ފޮނުވުމަށް ތައްޔާރު ކޮށްފައިވާ ހަތިޔާރު ބަރުކޮށްފައިވާ ދެ ލޮރީއަކަށް ހުރަސް އަޅާފައި ވަނީ އެޑްރިއެޓިކް ކަނޑުގެ އައްސޭރިފަށުގައި އޮތް އިޓަލީވިލާތުގެ ބަނދަރުމަތީ ރަށް، ރަވެންނުންނެވެ. އެ ދެ ލޮރީއަށް ހުރަސް އެޅުމުގެ ގޮތުން ރަވެންގެ ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. ރަވެންގެ ބަނދަރުން އިސްރާއީލަށް ހަތިޔާރު ގެންދިޔުމަށް މަސައްކަތް ކުރި ދެ ލޮރީއަށް ހުރަސް އަޅާފައި ވަނީ، ރަވެންގެ މޭޔަރު އަލެސާންދްރޯ ބަރައްތޯނީ އެ ކަމަށް އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ. އަދި، ރަވެން ބަނދަރުގައި މުޒާހަރާ ކުރަމުންދާ މުވައްޒަފުންގެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.
ބަރައްތޯނީ ވިދާޅުވީ، ރަވެން ބަނދަރުން ޒަޔަނިސްޓު އިސްރާއީލުގެ ޚައިފާ ބަނދަރަށް ހަތިޔާރު އުފުލުމަށް ހުރަސް އެޅުމަށް އެ ހިސާބުގެ ސަރަޙައްދީ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. “އިޓަލީވިލާތުގެ ދައުލަތުން ބުނަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލާފައިވާނެ ކަމަށް، ނަމަވެސް ނިޒާމުގައި އޮތް ބާގަނޑުތަކެއް ބޭނުން ކޮށްގެން އެހެން ޤައުމުތަކުން ފޮނުވާ ހަތިޔާރު އިޓަލީވިލާތު މަގުން އިސްރާއީލަށް ގެންދިޔުމުގެ ފުރުޞަތު އޮތުމަކީ ހިތާމަ ކުރާ ކަމެއް،” އޭނާ ވިދާޅުވިއެވެ. ރަވެން މަގުން ޒަޔަނިސްޓުންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައި ވަނީ ކޮން ޤައުމަކުން ކަން ބަރައްތޯނީ ސާފު ކޮށްދެއްވާފައެއް ނެތެވެ. އިޓަލީވިލާތުގެ އިތުރުން ވިލާތުގެ ބައެއް އެހެން ޤައުމުތަކުގެ ބަނދަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ދަނީ، އެ ޤައުމުތައް މެދުވެރިކޮށް ޒަޔަނިސްޓު އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންނެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތާއި، ސްވިޑެން އަދި ގްރީސް ހިމެނެއެވެ.
ރަވެންގެ ބަނދަރު މެދުވެރިކޮށް ޒަޔަނިސްޓުންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެ ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުން ހުރަސް އެޅުމާ އެކު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ މެދު އިޓަލީވިލާތުގެ ޢާންމު ރައްޔިތުން ދެކޭ ގޮތް ސާފުވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޣައްޒާގެ ޙިޞާރު ފޫއަޅުވައިލުމުގެ މަޤުޞަދުގައި ސްޕެއިނުން ފުރައިގެން ޣައްޒާއަށް ދަތުރު ކުރަމުންދާ ‘ގްލޯބަލް ޞުމޫދް ފްލޮޓިއްލާ’ގެ އުޅަނދުފަހަރާއި އެކްޓިވިސްޓުންގެ ދަތުރަށް ތާޢީދުކޮށް ވެސް އިޓަލީވިލާތުގެ ޢާންމު ރައްޔިތުން ދަނީ އަޑު އުފުލަމުންނެވެ.
އިޓަލީވިލާތް މެދުވެރިކޮށް ޒަޔަނިސްޓު އިސްރާއީލަށް މުދަލާއި ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް އަޑު އުފުލައި، އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ބިޔަ މުޒާހަރާތަކެއް ބޭއްވުމަށް އެ ޤައުމުގެ މަސައްކަތްތެރިންގެ ޔޫނިއަންތަކުން ވެސް ދަނީ ތައްޔާރުވަމުންނެވެ. މި ގޮތުން، ސެޕްޓެންބަރު 19ވަނަ ދުވަހު ހަޅުތާލު ކުރުމަށް އެ ޤައުމުގެ ވިޔަފާރީގެ ދާއިރާގެ އެންމެ ބޮޑު ޔޫނިއަނުން ވަނީ ނިންމާފައެވެ. އަދި، ސެޕްޓެންބަރު 22ވަނަ ދުވަހު ޖެނޮވާއާއި ލިވޯރްނޯ ބަނދަރުގެ މުވައްޒަފުންގެ ޔޫނިއަންތަކުން ވެސް ހަޅުތާލު ކުރުމަށް އޮތީ ރާވާފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދައިގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. ޝަހީދުންގެ ތެރޭގައި 20,000އެއްހާ ކުޑަކުދިން ހިމެނޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
