
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ގޮވައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ އައު ޤަރާރަކަށް އެމެރިކާއިން އަނެއްކާ ވެސް ހުރަސް އަޅައިފިއެވެ. މިއީ، ޔަހޫދީންގެ ޤަތުލުޢާންމާ ދެކޮޅަށް ބަސް ބުނުމަށް އދގެ ސަލާމަތީ މަޖިލީހުން ފާސް ކުރުމަށް މަސައްކަތް ކޮށްފައިވާ ޤަރާރަކަށް ވީޓޯގެ ބާރު ބޭނުންކޮށް އެމެރިކާއިން ހުރަސް އަޅާފައިވާ ހަ ވަނަ ފަހަރެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގައި އޮތީ އެއްވެސް ޝަރުޠަކާ ނުލައި ޣައްޒާ ޢުދުވާން ވަގުތުން ހުއްޓައިލުމަށެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް ޖައްސަމުންދާ ނިކަމެތި ހާލުން އެ މީހުން މިންޖު ކުރުމުގެ ގޮތުން، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ކުރިމަތި ކޮށްފައިވާ ހުރިހާ ހުރަސްތަކެއް ވަގުތުން އުވައިލުމަށެވެ. ނަމަވެސް، މިއީ ޓްރަމްޕަށް ބަލައިގަނެވުނު ހުށަހެޅުންތަކެއް ނޫނެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ގޮވައިލައި ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި ވަނީ، 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ މަޖިލީހަށް އިންތިޚާބު ކޮށްފައިވާ 10 މެންބަރު ޤައުމުންނެވެ. އަދި، ޤަރާރަށް ވޯޓަށް އެހުމުން، އެ ކަމަށް އިންކާރު ކޮށްފައިވާ ހަމައެކަނި ޤައުމަކީ އެމެރިކާއެވެ. ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ހުރިހާ އަސީރުން މިނިވަން ކުރުމަށް ވެސް ޤަރާރުގައި ހުށަހަޅާފައިވެއެވެ. “ޣައްޒާގެ ރައްޔިތުން ހައިހޫނުކަމުގައި ޖައްސާފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައި، މިއީ ހަމައެކަނި ބުނެލާފައިވާ ވާހަކައެއް ނޫން، މިއީ ކަށަވަރު ކުރެވިފައިވާ ކަމެއް،” ޑެންމާކުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކްރިސްޓީނާ މާކުސް ލޭސުން ވިދާޅުވިއެވެ. “ކަން މިހެން އޮތް އިރު، އިސްރާއީލުން އެ ދަނީ އަސްކަރީ ހަރަކާތްތައް ޣައްޒާ ސިޓީގައި ފުޅާ ކުރަމުން، ޢާންމުން ދިރިއުޅޭ އިތުރު ސަރަޙައްދުތަކަށް ވަންނަމުން.” ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަމުންދާ ކަން އދގެ ކޮނިޝަނަކުން ވަނީ ކަނޑައަޅާފައެވެ. އަދި، ޣައްޒާ ސިޓީގެ ރައްޔިތުން ހައިހޫނުގައި ޖައްސާފައިވާ ކަން އދއާ ގުޅުން އޮތް ޖަމުޢިއްޔާއަކުން ވެސް ވަނީ ކަނޑައަޅާފައެވެ. މި ކަން ފާހަގަ ކުރައްވައި ލޭސުން ވިދާޅުވީ ޔަހޫދީންގެ އަމަލުތަކާ ގުޅިގެން ޣައްޒާގެ އިންސާނީ ހާލަތު އެތަކެއް ގުނައަކަށް ގޯސްވަމުންދާ ކަމުގައެވެ. އަދި، އެ ކަން ހުއްޓުވުމަށް ގޮވައިލުމުގެ ގޮތުން އައު ޤަރާރެއް ހުށަހަޅާފައި ވަނީ އެ ސަބަބުތަކާ ގުޅިގެން ކަމުގައެވެ.
އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު އަދި ބައިވެރިޔާއެވެ. ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދން އަދި އދގެ ސަލާމަތީ މަޖިލީހުން ކުރަމުންދާ ހުރިހާ މަސައްކަތަކަށް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ. ނަމަވެސް، ދާދިފަހުުން ޔަހޫދީން ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކުރުމުގައި އެމެރިކާއިން ބައިވެރިވެފައެވެ. ސަބަބަކީ، އެ ކަން ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި ޒަޔަނިސްޓު އިސްރާއީލުގެ ނަން ހިމަނާފައި ނެތުމެވެ. އެމެރިކާގެ ނިއު ޔޯކްގައި މި ވަގުތު ކުރިއަށްދާ އދގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ކުރިއަތް އޮތް ހަފުތާގައި ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ތަޤުރީރު ކުރާނެއެވެ. އަދި، އެއަށް ފަހު އޭނާގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޓްރަމްޕާ ބައްދަލު ކުރުމަށް ވޮޝިންގްޓަނަށް ދާނެއެވެ. އެއީ، ޓްރަމްޕްގެ ޚާއްޞަ ދަޢުވަތަކަށް ބާއްވާ ބައްދަލުވުމެއް ކަމުގައި ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫ ވަނީ ބުނެފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދައިގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 64,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. ޝަހީދުންގެ ތެރޭގައި 20,000އެއްހާ ކުޑަކުދިން ހިމެނޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
