
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާ ފަލަސްޠީނުގެ ޣައްޒާއިިން ފޯނާއި އިންޓަނެޓުގެ ޚިދުމަތް ކެނޑިއްޖެއެވެ. ޣައްޒާއިން މުވާސަލާތީ ގުޅުންތައް ކަނޑާލާފައި މި ވަނީ ޣައްޒާ ސިޓީގެ މެދުތެރެއަށް ވަދެވޭ ދެ ސަރަޙައްގެއްގައި ޔަހޫދީންގެ ޓޭންކަރުތައް ޙަރަކާތްތެރިވާން ފަށާފައި ވަނިކޮށެވެ. މުވާސަލާތީ ގުޅުންތައް ކަނޑައިލުމަކީ ޣައްޒާގެ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން އަރައި، ޙަމަލާތައް އިތުރުކުރާނެ ކަމަށް ބެލެވޭ ނިޝާނެކެވެ. މީގެ ކުރިން ވެސް އިންޓަނެޓާއި ފޯނުގެ ޚިދުމަތްތައް ކެނޑުމަކީ ވަރުގަދަ ޙަމަލާތަކެއް ފެށެން އުޅޭ ކަމުގެ ނިޝާނެއް ކަމަށް ފާހަގަވެފައިވާ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ.
ފަލަސްޠީނުގެ ޓެލެކޮމިއުނިކޭޝަން ކުންފުނިން ބުނީ އެ ކުންފުނީގެ ޚިދުމަތްތައް މެދުކެނޑިފައި ވަނީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ކަމަށާއި، މައި ނެޓްވޯކް މަގުތަކަށް ޔަހޫދީންގެ ޙަމަލާތުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށެވެ. ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީން މިހާރު އަތްގަދަކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ޔަހޫދީން ދަނީ ޝައިޚް ރަޛްވާންއާއި ތަލަލް ހަވާ ސަރަޙައްދަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. ޣައްޒާގެ އާބާދީގެ ބޮޑުބައެއް ހިޔާވަހިކަން ހޯދުަމުންދަނީ ޣައްޒާ ސިޓީގެ މެދުތެރޭ ސަރަޙައްދުތަކާއި ހުޅަނގުގެ ސަރަޙައްދުތަކަށް ކަމަށްވާއިރު، އެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރާނީ ޝައިޚް ރަޛްވާންއާއި ތަލަލް ހަވާއެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ޣައްޒާގެ ރައްޔިތުންނަށް ދަނީ ގޮތް ހުުސްވެފައިވާ ކަމުގެ އިޙްސާސް ކުރެވެމުންނެވެ. ޣައްޒާގެ އެއްވެސް ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ނުބެލެވޭއިރު، އެ ސަރަޙައްދު ދޫކޮށް ދެން ދެވޭނެ އިތުރު ތަނެއް ނެތް ކަމަށް އެމީހުން ޤަބޫލުކުރެއެވެ. އަދި ޔަހޫދީންގެ ޢުދުވާންތަކުން ސަލާމަތްވެވޭނެ އިތުރު މަގެއް ވެސް އޮތް ކަމަކަށް ޣައްޒާގެ ރައްޔިތުންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ 85 ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރެއިން ގިނަ މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައި ކަމަށް އެ ސަހަރުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ޖުމްލަ ޢަދަދު 65،000އަށްވުރެ ވަނީ އިތުރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
