
(ފޮޓޯ ކްރެޑިޓްސް: ޑިފެންސް މިނިސްޓްރީ)
ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ބައިވެރިން ތަމްރީނަށް މިއަދު ފުރައިފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ ހުޅުވާލީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން އިއުލާންކުރި ޕްރޮގްރާމެކެވެ. މިދިޔަ އޭޕްރީލް މަހު ހުޅުވާލި ފުރުސަތުގައި ޖުމްލަ 1،244 ޒުވާނުން އެ ޕްރޮގްރާމްގައި ބައިވެރިވާން ކުރިމަތިލި އެވެ. ނޭޝަނަލް ސާވިސް އަށް މީހުން ނެގުމަށްޓަކައި ށ. ފުނަދޫ އާއި ނ. މަނަދޫ އަދި ތ. ވޭމަންޑޫގައި އިންޓަވިއު އަދި މެޑިކަލް އާއި ފިޓްނެސް ޓެސްޓުތައް ކުރިއަށް ގެންދިއުމަށްފަހު، ފުރަތަމަ ބުރުގައި 350 ބައިވެރިން ވަނީ ހޮވައިފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ޑިފެންސް މިނިސްޓްރީ)
ޑިފެންސް މިނިސްޓްރީން ބުނީ އޭގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 340 ބައިވެރިން ތަމްރީނު ހެދުމަށް މިއަދު ޅ. މާފިލާފުއްޓަށް ގޮސްފައިވާ ކަމަށެވެ. ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އެ ރަށުގައި ތިން މަސް ދުވަހުގެ މުއްދަތަށް އެ މީހުން ތަމްރީނުތައް ފުރިހަމަ ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ. އެހެންވެ، ތައުލީމީ ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ފުލުހުންގެ ތެރެއަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށާނެކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ޑިފެންސް މިނިސްޓްރީ)
ރައީސް އޭރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެ ވަޒީފާއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން އިތުރު 1،000 މީހުން ބޭނުންވާ ކަމަށެވެ. ނޭޝަނަލް ސާވިސް ޕްރޮގްރާމް ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އެލަވަންސެއް ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
