
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް އަޑުއަހަން ވަަންނަ މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅާނަމަ ފިޔަވަޅު އެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިފި އެވެ. މިއަހަރުގެ ދެވަނަ ދައުރަށްފަހު ޗުއްޓީގައި އޮތް މަޖިލީހުން، މީޑިއާ ބިލް ފާސްކުރަން އިއްޔެ ބޭއްވި ދައުރުން ބޭރު ހަތް ވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރިއިރު ކޮމެޓީ އަޑުއަހަން ވަން ބައެއް މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެމީހުން މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެކަމާބެހޭ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީޑިއާ ބިލް ދިރާސާ ކުރިއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަޑުއަހަން ގިނަ އަދަދެއްގެ ނޫސްވެރިން އެ ބައްދަލުވުމަށް ވަދެ، އެ ބިލު ފާސްކުރުމާ ދެކޮޅަށް ދެ ފަހަރެެއްގެ މަތިން އަޑުއުފުލި އެވެ. ސާޖަންޓް އެޓްއާމްސްްގެ ރިޕޯޓަކާ ހަވާލާ ދެއްވައި ނާޒިމު އެ ދެއްކެވީ ބެލެވޭ ގޮތުގައި އެ ވާހަކަ އެވެ “އެކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމުކޮމިޓީ އަށް ފޮނުވަން ގަސްދުކުރަން. އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށާއި މަޖިލީހުގެ މެހުމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލު ކަނޑައަޅައި، އެކަންކަމަށް، ހާޒިރުވާ ފަރާތްތަކުން ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވައިދުގައި ބަޔާންކުރުމަށް [އާއްމު ކޮމިޓީއަށް] ދެވޭ އިރުޝާދެއް،” ނާޒިމް ވިދާޅުވި އެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މީޑިއާ ބިލު ފާސް ކުރިއިރު މަޖިލިސް ކައިރީ ނޫސްވެރިން އިއްޔެ ގެންދިޔައީ މުޒާހަރާ ކުރަމުންނެވެ. ނޫސްވެރިން ގޮވަމުން ދިޔައީ މި ބިލު އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެ ސަރަހައްދަށް ފުލުހުން ގޮސް މަޖިލިސް ކުރިމަތިން ނޫސްވެރިން ދުރުކޮށް، ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކުރި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ “ރިޕޯޓާސް ވިތައުޓް ބޯޑާސް” ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައިވާއިރު ބިލާ ދެކޮޅަށް 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރި އިރު ނޫސްވެރިން ފުރަތަމަ އިހުތިޖާޖުކުރީ ކޮމިޓީގެ ބައްދަލުވުން އަޑުއަހަން ވެއްދުމަށް ފަހު ކުއްލި ގޮތަކަށް ކޮމިޓީ ސިއްރު ކަމަށް ނިންމައި، މާލަމުން ނެރުމުންނެވެ. އޭގެ ފަހުން އިހުތިޖާޖްކުރީ ކޮމިޓީއަށް ހުށަހަޅައިފައި އޮތް ޕެޓިޝަނަށް ރިއާޔަތް ނުކޮށް ބިލު ފާސްކުރަން އުޅުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
