
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖޭގެ މީޑިއާތަކުގެ ކަންކަން ބަލަހައްޓާ ދެ މުޢައްސަސާ ކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށް މީޑިއާތަކުން އިތުބާރު ނުކުރާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބިލުން މައިގަނޑު ގޮތެއްގައި އަންނަ އެއް ބަދަލަކީ މިހާރު ރާއްޖޭގެ މީޑިއާތައް ބަލަހައްޓަމުންދާ މިނިވަން ދެ މުޢައްސާސާ ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައި މީޑިއާ ކަންކަން ބެލުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމެވެ. ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ މިޑީއާތަކުން 4 މެންބަރުން އަދި އާންމުކޮށް ހުޅުވާލެވިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 މެންބަރުންނެވެ. ފުރަތަމަ މި ބިލު މަޖިިލީހަށް ހުށަހެޅުނު އިރު ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ނަމަވެސް އެބައި ވަނީ ސަރުކާރުން ހުށަހަޅައިގެން އުނިކޮށްފައެވެ.
ވަޒީރު އިބްރާޙީމް ވިދާޅުވީ، މިހާރު ހިންގާ ދެ އިދާރާއަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަން ކަމަށެވެ. ނަމަވެސް މީޑިއާތަކަށް ދިމާވާ ކަންކަމުގެ ހައްލެއް މި ދެފަރާތައް ހޯދައި ނުދެވޭކަން ރާއްޖޭގެ ނޫސްވެރިން ފާހަގަކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން މިހާރު ފާސްކޮށްފައިވާ މީޑިއާ ރެގިއުލޭޝަން ބިލުން މި ދެތަން އެއްކޮއްލާ އުފައްދާ ކޮމިޝަންގެ މަސައްކަތް ވަޒަން ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. “މިހާރުވެސް އައްސަވާ ޓީވީ ޗެނަލެއްގެ ވެރިއެއް ކައިރި އައްސަވާ ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުބާރު ކުރަންހޭ. ވިދާޅުވާނެ އިތުބާރު ނުކުރަމޭ. ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން އިތުބާރެއް ނުކުރޭ. އޮންލައިން މީޑިއާކުރެން އައްސަވާ މީޑިއާ ކައުންސިލަށް އިތުބާރު ކުރަންހޭ. އެތަނުގައި ރަނގަޅު ސިސްޓަމެއް ނެތޭ މައްސަލައެއް ނުބެލެޔޭ ބުނާނެ. އަބަދުވެސް ކުރާ ޝަކުވާއެއް. އެހެންވީމާ މިދެތަން ފެއިލްވެއްޖެ ކަމަށް މީޑިއާތަކުން އެއްބަސްވޭ. އެއްބަސްވީމަ އަޅުގަނޑު މިދަންނަވަނީ ހިނގާށޭ މީތި ޓެސްޓް ކުރަން.” ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލަކީ ނޫސްވެރިންގެ ކަންބޮޑުވުންތައް އައްސަވާ، ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ބިލެއްކަން ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އަދިވެސް ނަންގަވަނީ ކުރީގައި ބިލުގައި އޮތް ގޮތް ކަމަށާއި ނަމަވެސް، އިސްލާހުވެގެން ފާސްކުރެވުނު ބިލުގައި އެ ފަރާތްތަކުން ނަގާ އެއްވެސް ކަންބޮޑުވުމަކަށް ހައްލު ނުލިބި ނުވާނެ ކަމަށެވެ. ވަޒީރު ވަނީ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ބިލުން މައުލޫމާތު ނެންގެވުމަށް އިލްތިމާސް ކުރައްވާފައެވެ. މިޑިއާ ބިލުން ރާއްޖޭގައި މީޑިއާއެއް ހިންގޭނީ ރަޖިސްޓްރީކޮށްގެންކަން ސާފުކޮށް އެނގެން އޮންނައިރު، އެ ބިލުން މީޑީއާ ފިޔަވައި ސޯޝަލް މީޑީއާ ނުވަތަ ކޮންޓެންޓް ކްރީއޭޓަރުން ނުވަތަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މައްޗަށްވެސް ނުހިންގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބިލުގައިވާ ކަންކަމަށް ޢަމަލުކުރަން ޖެހޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މިޑީއާތައް އެކަނިކަން ވަޒީރު އިބްރާހީމް ވަހީދު ތަކުރާރުކުރެއްވިއެވެ. މީޑީއާ ރެގިއުލޭޓް ކުރުމުގެ އިތުރަށް ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިކަން ތަރައްޤީކުރުމަށް މި ބިލުން ބާރުއަޅާކަންވެސް ވަޒީރު ވަނީ ފާހަގަކުރެއްވިއެވެ.
“މިހާރު މި ބިލުގައި ސާފުކޮށް ލިޔެފައި އޮންނާނެ އެބޭފުޅުންނަށް އާމްދަނީ ހޯދޭނެ ގޮތްތަށް ކަނޑައަޅާފައިވާނެ. އޭގެ އިތުރުން ދައުލަތުގެ ބަޖެޓުން މީޑިއާ ކޮމިޝަނަށް ބަޖެޓު ހަމަޖައްސާނެ. އެ ބޭފުޅުންގެ ކަމަކީ ނޫސްވެރިން އެކްރެޑިޓް ކުރުން. މިކަން ކުރަންޏާ ތަމްރީނު ފުރުސަތު ހޯދައިދީ މީޑިއާތަކަށް ދަތިވާކަންކަން ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދޭން ޖެހޭނެ” ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގިނަ އިސްލާހުތަކެއް ހިމަނައިގެންނެވެ. އަދި މިހާރު އެބިލުގައި ނޫސްވެރިން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން މީޑިއާ ބިލުގައި ޤާނޫނު އަސާސީއާ ތަޢާރުޒުވާ ކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ވަނީ ލަފާ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
