
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާ ހިޞާރުން ނައްތާލުމަށް ދަތުރުކުރާ ބޯޓުތަކަށް ޣައިރު ޤާނޫނީ ފިޔަވަޅު ނޭޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ހިމެނޭހެން 16 ޤައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރެފައިވާ ބަޔާނުގައެވެ. ޣައްޒާ ހިޞާރުން ނައްތާލުމަށް މިހާރު ދަތުރުކުރަމުންދާ ބޯޓުތައް، ނުވަތަ ގްލޯބަލް ސުމޫދު ފްލޯޓިއްލާ އަކީ 44 ޤައުމެއްގެ ރައްޔިތުން އެކުވެގެން ކުރަމުންދާ ދަތުރެކެވެ. މި ބޯޓުތަކުގައި ތިބި 44 ޤައުމުގެ ރައްޔިތުންގެ ތެރެއިން 16 ޤައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވީ، ގްލޯބަލް ސުމޫދު ފްލޯޓިއްލާ ދަތުރުކުރަމުންދަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިއީ ޣައްޒާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިހާލާއި މެދު ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށާއި މިހާރު ޔަހޫދީ ދައުލަތުން ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަން ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މިއީ ސުލްޙަވެރި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ ދަތުރެއް ކަމަށާއި، މި ދެ މަޤްޞަދަކީވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނުގެ ތެރެއިން ކުރަމުންދާ ދަތުރެއްކަން ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ. އެހެން ކަމުން މި ދަތުރު ހުއްޓުވުމަށް ބައިނަލްޢަޤްވާމީ ޤާނޫނުތަކާއި ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ. ބަޔާނުގައި ވަނީ އެފަދަ ޢަމަލުތަކުގެ ގޮތުގައި ބަލާނެ ކަންކަންވެސް ހިމަނާފައެވެ. އެގޮތުން ފްލޯޓިއްލާ އުޅަނދުތަކަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި ހަމަލާ ދިނުމާއި، ޤާނޫނުތަކާއި ޚިލާފަށް ފަޅުވެރިން ހައްޔަރު ކުރުމަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުވުންކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އިތުރުން މިބަޔާން ނެރުމުގައި ބައިވެރިވެފައިވާ ޤައުމުތަކަކީ، ބަންގްލަދޭޝް، ބްރެޒިލް ކޮލަމްބިއާ، އިންޑޮނޭޝިއާ، އަޔަލޭންޑް، ލީބިޔާ މެލޭޝިއާ، މެކްސިކޯ، ޕާކިސްތާން، ޤަތަރު، އޮމާން ސްލޮވީނިއާ، ދެކުނު އެފްރިކާ، ސްޕެއިން އަދި ތުރުކީވިލާތެވެ. ގްލޯބަލް ސުމޫދް ފްލޮޓިއްލާއިން މަސައްކަތް ކުރަމުންދަނީ ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި އެ ސަހަރަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ގްލޯބަލް ސުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
