
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ “އަނދަނީ” ކަމުގައި ބުނެ، އެ ސަހަރުގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ފަހު މަރުހަލާ ޔަހޫދީން ފަށައިފިއެވެ. އެ ރަށުގެ ރައްޔިތުން ބުނީ، މީގެ ކުރިން ނުދޭހާ ވަރުގަދަ ޙަމަލާތަކެއް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ރަށަށް ދޭން ފަށާފައިވާ ކަމުގައެވެ. މިއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފަށާފައިވާ ޤަތުލުޢާންމުގެ ދަށުން ހިންގަމުންދާ ޢުދުވާނުގައެވެ. ޔަހޫދީ ފައުޖުން ބުނީ، ޣައްޒާ ސިޓީގެ އެންމެ އެތެރެއަށް ޒަޔަނިސްޓު ސިފައިން މިސްރާބު ޖަހާފައިވާ ކަމުގައެވެ. އަދި، ޣައްޒާ “އަނދަނީ” ކަމުގައި ބުނެފައި ވަނީ ޒަޔަނިސްޓު ސަރުކާރުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒެެވެ. ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ ގޮތުން ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުން ދަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ.
ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ ނަމުގައި ހިންގަމުންދާ ޖަރީމާގެ އެންމެ ފަހު މަރުހަލާ ފެށުމާ އެކު އެންމެ ފުރަތަމަ ވެސް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެ ރަށުން 40އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން އެ ރަށަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާއިރު، އަސްކަރީ ޓޭންކުފަހަރާ އެކު ގިނަ އަދަދެއްގެ ސިފައިން ވެސް ވަނީ އެ ރަށަށް އަރައިގަނެފައެވެ. “އެ މީހުން [ޔަހޫދީން] އެ ދަނީ ޢާންމުން ދިރިއުޅޭ އިމާރާތްތަކާއި، މިސްކިތްތަކާއި، މަދަރުސާތަކާއި މަގުތައް ސުންނާފަތި ކުރަމުން،” ޣައްޒާ ސިޓީގައި ދިރިއުޅޭ 70 އަހަރުގެ ރައްޔިތެއް ކަމުގައިވާ އަބޫ ތާމިރު ބުންޏެވެ. ޣައްޒާ ސިޓީ ދޫކޮށް ފޭބުމަށް ޔަހޫދީ ފައުޖުން އަމުރު ކޮށްފައިވީ ނަމަވެސް، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރުމަށް އިންކާރު ކޮށްފައެވެ. ސަބަބަކީ ޣައްޒާގައި ރައްކާތެރި އެއްވެސް ތަނެއް ނެތުމެވެ. ޣައްޒާ ސިޓީގައި މިލިޔަނެއްހާ ރައްޔިތުން ދިރިއުޅޭ ކަމުގައި މަޞްދަރުތަކުން ބުނެއެވެ.
ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ހިންގަމުންދާ ޖަރީމާގެ ފަހު މަރުހަލާ ފަށާފައިވާ ކަން ޔަހޫދީން އިޢުލާނު ކުރުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ ޒަޔަނިސްޓު އިސްރާއީލަށް ވަޑައިގަންނަވައި، ޔަހޫދީންނާ އެކު އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ. މީގެ އިތުރުން، ޙަމާސާ އެކު ކުރަމުން ދިޔަ ސުލްޙައިގެ މަޝްވަރާތައް ހުއްޓައިލުމަށް ޔަހޫދީން ނިންމި ނިންމުމަށް ތާޢީދު ކުރާ ކަމުގައި ވެސް ރޫބިޔޯ ވަނީ ވިދާޅުވެފައެވެ. އަދި، ބާރުގެ ބޭނުން ކޮށްގެން ޙަމާސް ނައްތައިލުމުގެ ނަމުގައި ޤަތުލުޢާންމު ހިންގުމަށް ތާޢީދު ކުރާ ކަން ވެސް ހާމަ ކުރައްވާފައެވެ.
ޔަހޫދީން ޣައްޒާ ނަސްލުހޭދު ފަށާފައި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންތަކެއް މިނިވަން ކުރުމުގެ ނަމުގައެވެ. ޙަމާސުން ދަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ތައްޔާރަށް އޮތް ކަން ހާމަ ކުރަމުންނެވެ. ނަމަވެސް، އެ ޖަމާޢަތުން ވަނީ ޔަހޫދީންނަށް ޝަރުޠުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ޣައްޒާ ނަސްލުހޭދު ދާއިމަށް ހުއްޓައިލުން ހިމެނެއެވެ. އެ ކަމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. މި ގޮތުން، ސެޕްޓެންބަރު 9ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ނިރުބަވެރި ޙަމަލާއެއްދީ، މަޝްވަރާތަކުގައި ޙަމާސް ޖަމާޢަތް ތަމްސީލު ކުރައްވާ އޮފިޝަލުން ޝަހީދު ކޮށްލުމަށް މަސައްކަތް ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
