
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ދާދި ފަހުން ޢާންމު ރައްޔިތުން ނިކުމެ ފެށި މުޒާހަރާތަކާއި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު %30 ދަށަށް ގޮސްފިއެވެ. ފަތުރުވެރިކަމަކީ ނޭޕާލްގެ އިޤުތިޞާދަށް މުހިންމު ސިނާއަތެކެވެ. އަދި، ބޭރު ފައިސާ ހޯދުމަށް އޮތް މައި އެއް ދޮރެވެ. ‘ޖެން ޒީ’ އުމުރުފުރައިގެ މީހުންނާއި ޒުވާނުން ގުޅިގެން ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާތަކެއްކޮށް، ހަމަނުޖެހުން ހިންގާފައި ވަނީ އެ ޤައުމުގެ ފަތުރުވެރިކަމުގެ ސީޒަން ފެށި ފަހުންނެވެ.
މުޒާހަރާތައް ފެށިގެން ދިޔައީ، މީސްމީޑިޔާގެ ބައެއް މަންސަތައް މަނާ ކުރުމަށް ނޭޕާލްގެ ސަރުކާރުން ނިންމުމާ ގުޅިގެން، އެ ކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ. ނަމަވެސް، މުޒާހަރާތަކާ ގުޅިގެން ހިނގި ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. ނޭޕާލްގެ އިދާރާތަކުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ސާފުވާ ގޮތުގައި، ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 72އަށް އަރައެވެ. އަދި، 2,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. މުޒާހަރާގެ ބައިވެރިންގެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ނޭޕާލްގެ ސަރުކާރުން ވަނީ މީސްމީޑިޔާގެ ބައެއް މަންސަތައް މަނާ ކުރުމަށް ނިންމި ނިންމުން ބަދަލުކޮށްފައެވެ. ނަމަވެސް، ހަމަނުޖެހުުންތައް ހުއްޓައިނުލުމާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވަނީ އިސްތިޢުފާ ދެއްވާފައެވެ. އޮލީގެ ސަރުކާރު ވެއްޓުމާ އެކު، މުޒާހަރާގެ ބައިވެރިންގެ އެދުމުގެ މަތިން ނޭޕާލްގައި އިންތިޤާލީ ސަރުކާރެއް ވަނީ އެކުލަވައިލާފައެވެ. އަދި، އިންތިޤާލީ ބޮޑުވަޒީރު ކަމުގެ މަޤާމަށް އެ ޤައުމުގެ ކުރީގެ އުންތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ ޢައްޔަން ކޮށްފައެވެ.
ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ދައުލަތުގެ އަދި ޢާންމުންގެ މުދަލާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ހަމަނުޖެހުންތައް ކޮންޓުރޯލު ކޮށްފައި ވަނީ ހަތިޔާރު އެޅި ސިފައިން މަގުތަކަށް ނެރެގެންނެވެ. ހަމަނުޖެހުންތަކަށް ފަހު ވެރިރަށް ކަތުމަންޑޫގެ މަގުތައް ވަނީ އަމާންވެފައެވެ. އަދި، ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރެންޓުތައް އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭ އެހެން ވިޔަފާރިތައް ވެސް ވަނީ ހުޅުވައިލާފައެވެ. ނަމަވެސް، އެ ތަންތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައެއް ނެތެވެ. ނޭޕާލްގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މުހިންމު އެއް ބަޔަކީ، އެ ޤައުމުގެ ޤުދުރަތީ މާހައުލުގައި ‘ޓްރެކް’ ކުރުމަށް ނުވަތަ ހިނގައިލުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންނެވެ. އަދި، ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންނެވެ. ނޭޕާލަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 1.2 މިލިޔަން ފަތުރުވެރިންނަށް މަރުޙަބާ ކިޔާ ޤައުމެކެވެ. އަދި، ނޭޕާލްގެ ޤައުމީ އުފެއްދުންތެރިކަމުގެ %8 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.
ނޭޕާލްގެ ފަތުރުވެރިކަމާ ބެހޭ އިދާރާއާއި، ހޮޓާތައް ހިންގާ ކުންފުނިތަކާއި ފަތުރުވެރިންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ބުނީ، ހަމަނުޖެހުންތައް ފެށުނު ފަހުން އެ ޤައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު %30 ދަށަށް ގޮސްފައިވާ ކަމުގައެވެ. އަދި، އެ ޤައުމަށް ޒިޔާރަތް ކުރުމަށް ބުކިންގް ހައްދާފައިވާ ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ކެންސަލް ކުރަމުންދާ ކަމުގައެވެ. ނޭޕާލްގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މަޞްދަރުތަކުން ބުނީ، %8 އާއި %10އާ ދެމެދުގެ އަދަދެއްގެ ބުކިންގްތައް ކެންސަލް ކޮށްފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
