
ރެއާލް މެޑްރިޑުގެ އައު ކޯޗު ޒަބީ އަލޮންސޯ ކުޅުވާ ސްޓައިލްގެ ސަބަބުން އޭނާއަށް ޓީމުގައި ލިބޭ ދައުރު ހަނިވާކަމަށް ދެކި، ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލް އަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިން ވިނީޝިއުސް އަށް މިހާރު ޓީމުގައި ލިބޭ ރޯލު ތަފާތެވެ. އެއް ސަބަބަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހުސްވި ސީޒަނުގައި ޓީމާ ގުޅުމުގެ ސަބަބުން ފޯވަޑް ލައިނުގައި ދެ ކުޅުންތެރިންނަށް ވެސް ހަމަހަމަ ރޯލެއް ދޭން ޖެހުމެވެ. މީގެ ސަބަބުން ކުރިން ވިނީޝިއުސް އަށް ލިބޭހާ ގިނަ ބޯޅަތަކެއް މިހާރު އޭނާ އަށް ނުލިބެ އެވެ.
އަނެއްކޮޅުން އަލޮންސޯ ކޯޗުކަމާ ހަވާލުވި ފަހުން ވިނީޝިއުސް ލައްވައި ދަނީ ބޮޑަށް ޑިފެންސް ކުރުވަމުންނެވެ. ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީގެ ދުވަސްވަރު އޭނާ އަކީ ޓީމުގެ ކުރީގައި ހުންނަ އެންމެ އިސް ފޯވަޑެވެ. ނަމަވެސް ޒަބީ އަލޮންސޯ ބޭނުންވަނީ ހުރިހާ ކުޅުންތެރިން ވެސް ދިފާއު ކުރާ ވަގުތު އެކަމުގައި ބައިވެރިވާށެވެ. މިއީ ވިނީޝިއުސް ބޭނުންވާ ގޮތެއް ނޫނެވެ. މިކަން ރަނގަޅަށް ނުކުރެވޭތީވެ މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުގައި އޭނާ ކުޅެން ނުކުތީ ފުރަތަމަ ހާފު ބެންޗުގައި އިނދެފަ އެވެ. އަދި ތިން މެޗުގައި ވެސް އޭނާ ވަނީ 90 މިނިޓް ފުރިހަމަ ކުރަން ފުރުސަތު ނުލިބިފަ އެވެ. ކޮންމެ މެޗެއްގައި ގަވާއިދުން ބަދަލު ކުރާ ކުޅުންތެރިއަކަށް އޭނާ ބަދަލުވިއިރު އަލޮންސޯގެ ޕްލޭނުގައި އިސް ފޯވަޑެއްގެ ފުރުސަތު ލިބެނީ އެމްބާޕޭ އަށެވެ.
ވިނީޝިއުސް އަކީ ސައުދީ އަރަބިއާއިން އެ ގައުމުގެ ލީގަށް ގެންދަން ވަރަށް ބޮޑަށް ބޭނުންވާ ކުޅުންތެރިއެކެވެ. އެނާ އަކީ ސައޫދީގެ ޓުވަރިޒަމް އެމްބެސެޑަރެއް ވެސްމެ އެވެ. މިކަމާ ހުރެ ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އާ ކުރުމަށް އޭނާއާއެކު ދައްކަމުންދިޔަ ވާހަކަތަކަށް ވެސް ވަނީ މަޑުޖެހުން އައިސްފަ އެވެ. ވިނީޝިއުސް ބޭނުންވަނީ އެމްބާޕޭއަށްވުރެ މުސާރަ ބޮޑު ކުރާށެވެ. ނަމަވެސް ރެއާލްއިން ބޭނުންވަނީ މިހާރު ވެސް ކުޅޭ މުސާރައިގައި ވިނީޝިއުސް ކޮންޓްރެކްޓް އާ ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
