
މީގެ 25 ވަރަކަށް އަހަރު ކުރީގެ ހަނދާން ތަކަށް ޖެހިލާއިރު، ދިވެހި ރައްޔިތުންނަށް “ވޭކަޕް ކޯލެއް” ދިނުމަށް އޭރުގެ ބައެއް ސިޔާސީ ލީޑަރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ. ޚާއްޞަކޮށް އޭރުގައޮތް ސަރުކާރު ބަލިކަށިކޮށްލައި އެ ސަރުކާރު ބަދަލުކޮށްލުމުގެ ބޭނުމުގައި ޑިމޮކްރަސީގެ ކުލަވަރުގެ ރީތިކަން ދައްކައިގެން ވަރަށް “މޮޅެތި”ވާހަކަތައް ރައްޔިތުންނަށް ވިސްނައިދެމުން ދިޔައެވެ. ބޭނުމެއް ކަމުގައި ބުނަމުން ގެންދިޔައީ އޭރުއޮތް ސަރުކާރަކީ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ޚުދުމުޚްތާރުކޮށް ހިންގާ ސަރުކާރަކަށްވާތީ، އޭގެ ބަދަލުގައި ޑިމޮކްރަސީގެ ރީތި މާތް އުސޫލުން ހިނގާނެ ސަރުކާރެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. މިކެމްޕޭނުގައި މުޅިންހެންވެސް ބޭނުންކުރަމުން ގެންދިޔައީ ޑިމޮކްރަސީގެ މޮޅުވާހަކައެވެ. އެކަމުން ރައްޔިތުންނަށް ލިބޭނެ ފޮނިމީރުކަމުގެ ގޮވެލިތަކެވެ. ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުވެ، އުފާފާގަތިކަން އެންމެނަށް ލިބޭނެ ކަމުގެ ޚަޔާލީ ދުނިޔެއެއް ގެ ވާހަކަތަކެވެ. މިފަދަ އޮފްދާރު ސޯފިސްޓު ފިލޯސޮފީގެ އުކުޅުތައް ބޭނުންކޮށްގެން ރައްޔިތުންގެ ސިކުނޑިތަކާއި ކުޅެލަން ދެއްކި ހުރިހާ ވާހަކައެއް އޭރު ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކު ދިޔައީ ޤަބޫލުކުރަމުންނެވެ. މިވާހަކަތައް ދައްކަމުންދިޔައިރު، އެމީހުން ކުރަމުން ގެންދިޔަ ލާއަޚްލާޤީ ކަންތަކަކަށް ރައްޔިތުންނަށް ވިސްނާކަށް ފުރުސަތެއް ނުލިބުނެވެ. ނުވަތަ ވިސްނާކަށް ބޭނުމެއްނުވިއެވެ.
ނަތީޖާއެއްގެގޮތުން، މި ދެންނެވި ސިޔާސީ މެޓީރިއަލިސްޓުން ދިޔައީ، ދިވެހި ދައުލަތުގެ ކަރާމާތް ނަގާލަމުންނެވެ. ދިވެހި ޤައުމިއްޔަތުގެ އަސާސުތަކަށް ހަމަލީ ސުންނާފަތިކުރަމުންނެވެ. މީގެ އިތުރުން ދިވެހި އިސްލާމީ މުޖްތަމަޢުގައި ޒަމާނުއްސުރެ ބިންވަޅު ނެގިފައިއޮތް އަޚްލާޤީ ރިވެތި ފޭރާން ވީދާ ކުދިކުދި ކުރަމުންދިޔައިރު، އެމީހުން އެކުރާކަމަކީ ރައްޔިތުންނަށްޓަކައި ކޮށްދޭ ވަރަށްބޮޑު ހެޔޮކަމެއްކަމުގައި ބުނަމުންނެވެ. ނަމަވެސް އާޚިރުގައި ކަންނިމިގެން ދިޔަގޮތް ނިކަންދެކިބަލާށެވެ! އެ ވިދާޅުވި ” މޮޅު ޑިމޮކްރަސީ ” އެއްވެސް އެބޭފުޅުންނަކަށް ގެނެސްނުދެވުނެވެ. ރައްޔިތުންގެ ޙާލަތު ރަގަޅުކުރާކަށް މާމޮޅު ކަމެއްވެސް އެމީހުންގެ ވެރިކަމުގައި ކުރެވުނުތަނެއް ފެންނާކަށް ނެތެވެ. ވެރިކަމަށް އާދެވުމާއެކު، ކިޔަމުންދިޔަ ލަވަޔާއި ރާގު މުޅިން ބަދަލުކޮށްލީއެވެ. ކުޅެންފެށީ މުޅިން އެހެން ފިލްމެކެވެ. ދައްކަންފެށީ ޑިމޮކްރަސީއާއި ބީރަށްޓެހި މަންޒަރުތަކެކެވެ. ޢަމަލުކުރަން ފެށީ ޚުދުމުޚްތާރު ވެރިކަމުގެ ފުރަތަމަ ބާބުންނެވެ. މިކަމުގެ މިސާލުތައް ވަރަށް ބައިވަރެވެ. ލިޔެކޮޅުން ނުލާހާ ގިނައެވެ.
ރައްޔިތުން ނިކަން ވިސްނާ ފިކުރުކޮށްބަލާށެވެ!
2008 އަހަރު ވެރިކަމަށް އައިގޮތަށް އައު ޤާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރަންޖެހޭނީ ކަތީބުންގެ ބަދަލުގައި ކައުންސިލަރުންނެވެ. ނަމަވެސް ކަނޑައެޅިގެން ޤާނުނު އަސާސީއާއި ޚިލާފަށް ރަށްރަށާއި އަތޮޅުތަކުގައި ތިއްބެވި ސަނަދުވެރި ކަތީބުންނާއި އަތޮޅުވެރީންގެ ބަދަލުގައި، ޑިމޮކްރަސީގެ ހުރިހާ ހަމަތަކުން ބޭރުވެ، އެ މަޤާމުތަކަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރަންފެށީ ތައުލީމީ ސަނަދެއްނެތް ސަރުކާރުގެ އޮފީހެއްގައި ދުވަހަކުވެސް މަސައްކަތްކޮށް ތަޖުރިބާއެއް ލިބިފައިނުވާ، ޕާޓީގެ އެކްޓިސްވިސްޓުންތަކެކެވެ. ޒަމާނުއްސުރެ ރައްޔިތުންގެ ކަންތައްތައް އަމާންކޮށް އޮމާންކޮށް ހިންގަމުންގެންދިޔަ ރަށްވެހި ކަންތައްތައް، އެފުށްމިފުށަށް ޖަހައިލީއެވެ. މުޅިނިޒާމު ގަޑުބޑުކޮށްލީއެވެ. ރަށްފުށުގައި އޮތް ހައިރާކީ ދުއްވާލީއެވެ. މިކަންކުރުމުގައިވެސް އެވެރިން ބޭނުންކުރީ ޑިމޮކްރަސީގެ މޮޅުވާހަކައެވެ. ކަންވެ ނިމުނުއިރު ނަތީޖާއޮތީ ސުމަކަށްވުރެވެސް ދަށުގައެވެ.

މިދެންނެވި ގޮތަށް ކަންތައްތައްކުރުމަށްފަހު، ދެންއެކުލަވާލީ އަތޮޅުތައް ކޮންޓޮރޯލުކޮށް ހިންގުމަށް ޕޮރޮވިންސު އިދާރާތަކެކެވެ. މިއީވެސް އައު ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަރު ކުރުމުގެ އަސާސްތަކާ މުޅިން ޚިލާފަށް ކުރެވުނުކަމެކެވެ. ރަށްރަށުގެ ކައުންސިލު އިދާރާތަކާއި އަތޮޅުއޮފީސްތައް މިދެންނެވި ޕޮރޮވިންސު އޮފީސްތަކުގައި ތިބި ސިޔާސީން އަތްދަށުލައި، ކުރިޔަށްވުރެވެސް ކަންކަންކުރުމަށް ދަތިއުދަގޫގޮތްރައް މެދުވެރި ކުރުވިއެވެ. ހަމަ ޑިމޮކްރަސީގެ ޓެގް އަޅުވާފައެވެ. ރައްޔިތުންގެ ފަރާތުން ވެރިކަންކުރަން ޤާނޫ އަސާސީގެ ދަށުން އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންނަށް ޖެއްސީ ދުއްތުރާއާއި އުދަގޫތަކެވެ. މިވަރުންވެސް މިމީހުންގެ އުދަގޫތައް ހުއްޓުމަކަށް ނައެވެ. ދެން ދިމާކުރީ ރައްޔިތުންގެ އެކައުންޓުތަކުގައިހުރި ލާރިކޮޅު ކާލާށެވެ. ރައްޔިތުން ކައިރީ އެހުމެއް ސެހުމެއްނެތި، އެމް.އެމް.އޭ ގައި އެކައުންޓެއްހަދައި ރައްޔިތުންގެ އެތައްސަތޭކަ މިލިޔަން ރުފިޔާއެއް ބޭނުންކޮށްލީއެވެ. މިލާރިކޮޅު ހޯދަން ކައުންސިލުތަކުން ތިން، ހަތަރު އަހަރު މަސައްކަތް ކުރުމުންވެސް، އެލާރިކޮޅު ޑިމޮކްރަސީގެ ނަންބޯޑުޖެހި ސަރުކާރުން ރައްޔިތުން އަނބުރާ ދުލެއްނުކުރިއެވެ.
މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ފަހަރަކު ދާއިރާއަކަށް އަމާޒުކޮށް އެތަކެއް ދޯހަޅި ސިޔާސަތެއްގެ ތެރެއިން ހަމަލާދީ މުޅިދައުލަތް އޮޅުންސުވާޔަކަށް ހަދައިލީއެވެ. މިގޮތުން ސިއްޙީ ދާއިރާއާއި ތަޢްލީމީ ދާއިރާއާއި ނުވިތާކަށް ޝަރްޢީ ދާއިރާވެސް ޚަރާބުކޮށްލީއެވެ. މިހުރިހާ ޖަރީމާތަކެއް ހިންގައި ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށްލީ ހަމަ އެބުނާ ޑިމޮކްރަސީގެ ނަމުގައެވެ. ދެންފެށީ ރައްޔިތުންގެ ނަމުގައި ހިންގަމުންދިޔަ މުހިންމު އަދި އިސްތިރާތީޖީ ކުންފުނިތައް ނުއަގުގައި ވިއްކާލުމުގެ ވިޔާނުދާ ޢަމަލެވެ. އިސާހިތަކު، ޤާނޫނާއިވެސް ޚިލާފަށް ދައުލަތަށް އެންމެ ފައިދާވާ އެއަރޕޯޓު ބޭރުގެ ބަޔަކަށް ދޫކޮށްލީއެވެ. ނުއަގުގައެވެ. އިސްތިރާތީޖީ ވިސްނުން ދޫކޮށްލައި ހަމަސީދާ އަމިއްލަ ފައިދާއާއި މަންފާއަށް ޓަކައެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކުތިބީ ވަރަށް ރަގަޅަށް ހޭލައެވެ.
ޑިމޮކްރަސީގެ ނަމުގައި މުޅި ދިވެހިދައުލަތުގެ ކަރާމާތް ނަގާލައި، ދިވެހި މުޖްތަމަޢުގައި ޒަމާނުއްސުރެ ހަރުލާފައިހުރި ހުރިހާ އަޚްލާޤީ މިންގަނޑުތައް ފުޑުފުޑުކޮށްލީ ކޮންބައެއްގެ ހީލަތްތެރި ރޭވުމަކުންކަން ވަރަށްރަގަޅަށް ދިވެހީންގެ ހަނދާނުގައ އެބަހުއްޓެވެ.
About Post Author
މާދަމާ ނިއުސް
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ގުޅިކަމަށްބުނެ ފަތުރާ ވާހަކަަ ދޮގުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅިކަމަށް ބުނެ ފެތުރެނީ...
