
(ފޮޓޯ ކްރެޑިޓްސް: އެފްޑީސީ)
ދައުލަތުން އަސާސީ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ކުރީގެ ސަރުކާރުން އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ 4000 ފްލެޓާ ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މި ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނީ، އޭރުގެ ސަރުކާރުން މި ފްލެޓުތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލި އުޞޫލުތަކުގެ ސަބަބުން، ރައްޔިތުންގެ ތެރެއިން އަސާސީ ބޯހިޔާވަހިކަން އެންމެ ޙައްޤުވާ ފަރާތްތަކެއް ފްލެޓު ލިބޭ ލިސްޓުން އުނިވެ، އެ ފަރާތްތައް މި ފުރުޞަތުން މަޙްރޫމްވެފައިވާކަން ފެންނަން އޮތުމުންނެވެ. ސަރުކާރުތަކުން ކުރާ މިފަދަ ކަންކަމުގައި ހިމެނޭ މައްސަލަތަކުގެ އަސްލު ސަބަބުތަކަށް ބަލައި، އެކަންކަން ތަޙްލީލުކޮށް، ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
މި މައްސަލަ ތަޙްލީލުކުރަމުން ދާއިރު، ހާމަވަމުންދަނީ މި މަޝްރޫޢުގެ ދަށުން ފްލެޓުތައް ދިނުމަށް ނިންމާފައިވާ ނިންމުންތަކަކީ ޢަދުލުވެރި ނިންމުންތަކެއް ނޫންކަމެވެ. މި މުޅި މައްސަލައަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައިލާއިރު، އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދާއި، އެ މަޤްޞަދު ޙާޞިލުކޮށްދިނުމަށް ސަރުކާރުން ޢަމަލުކުރަމުންދާ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހެއެވެ. މިގޮތުން އަސާސީ ބޯހިޔާވަހިކަމަކީ ކޮބައިކަމާއި އަދި މި ބޯހިޔާވަހިކަން އެންމެ ޙައްޤުވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. އަސާސީ ބޯހިޔާވަހިކަމަކީ، ރައްޔިތުންގެ ތެރެއިން އެއްވެސް ބާވަތެއްގެ ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައިނުވާ ފަރާތްތަކަށް، ދައުލަތުން އެންމެ އަސާސީ ކަމެއްގެ ގޮތުގައި ބަލައިގެން ފޯރުކޮށްދޭ ފުރަތަމަ ބޯހިޔާވަހިކަމެވެ. މިއީ ކޮންމެ ރައްޔިތަކަށްވެސް، އެ ރައްޔިތަކު ރަށްވެހިވެފައިވާ ތަނަކުން، ދައުލަތުން ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ފޯރުކޮށްދިނުން ލާޒިމު ކަމެކެވެ. އަސާސީ ބޯހިޔާވަހިކަމަކީ އެއްވެސް ސަރުކާރަކަށް އެކަން ޙައްޤުވާ އެންމެނަށް އެއްފަހަރާ ފޯރުކޮށްދެވޭނެ ކަމަކަށް ނުވާތީ، މިކަން ކުރުމުގައި އަބަދުވެސް އިސްކަންދޭންޖެހޭނީ ރައްޔިތުންގެ ތެރެއިން ހުރިހާ ގޮތަކުން ބެލިޔަސް ފުރަތަމަ ބޯހިޔާވަހިކަމަކަށް އެންމެ ޙައްޤުވާ ފަރާތްތަކަށް ފުރަތަމަ ލިބޭނެ އުޞޫލުގެ މަތިންނެވެ.
މި ކަމުގެ ތެރެއަށް ސިޔާސީ ކުލަވަރު ވައްދައި، ނާޖާއިޒު މަންފާ ހޯދުމާއެކު ވަކި ޚާއްޞަ ބަޔަކަށް އިސްކަންދެވޭގޮތަށް އުޞޫލުތައް އެކުލަވާލައި، އެ އުޞޫލުތަކުގެ ނިވާފަތްގަނޑަށް ޖެހި، ރައްޔިތުންނަށް އޮޅުވާލައި ހީލަތްތެރިކަމާއެކު އަސާސީ ބޯހިޔާވަހިކަން ނުޙައްޤުން ބަހާލުމަކީ ޢަދުލާއި އިންޞާފުން ބޭރުވުމެވެ. އެތަކެއް ރައްޔިތުންގެ އަސާސީ ޙައްޤުތަކެއް ނިގުޅައިގަތުމެވެ. މި ދެންނެވި 4000 ފްލެޓު ދިނުމުގައިވެސް ކުރީގެ ސަރުކާރުން ކަންހިންގާފައިވަނީ ޢަދުލުވެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދިނުމެއްނެތިއެވެ. ޢަދުލުވެރިކަމާއެކު ކަމެއް ކުރިކަމަށް ބެލެވޭނީ އެކަން ކުރުމުގައި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ޢަމަލުކުރުމުންނެވެ. ކަނޑައެޅިގެން ވަކި ބަޔަކަށް ފައިދާ ލިބޭނެގޮތަށް އިދާރީގޮތުން އުޞޫލެއް އެކުލަވާލިއެއްކަމަކު، އެއީ އިންޞާފުވެރިކަމާއެކު އެކަން ކުރިކަމަށް ބެލެވޭނެ ހުއްޖަތެއް ނޫނެވެ. ފުރަތަމަ ކަމަކީ، މާލޭގައި އިސްކޮށް ރަށްވެހިވި މީހާއާއި އޭގެ މާފަހުން މާލޭގައި ދިރިއުޅެމުންދާ ފަރާތްތައް އެއްހަމައަކުން މިންކުރެވޭނެ ގޮތަށް އުޞޫލުތައް އެކުލަވާލުމަކީވެސް އިޚްލާޞްތެރިކަމުން އެއްކިބާވުމެވެ. ސިޔާސީ ޕާޓީއަށް މަސައްކަތްކޮށްދިން އެކްޓިވިސްޓުންނަށް ތިމާމެންގެ ސަރުކާރެއްގައި ފްލެޓު ދީ ހުސްކޮށްފައި ނޫނީ އެހެން ރައްޔިތަކަށް ފްލެޓު ނުދޭނެކަމަށް ޢާންމުކޮށް ބުނެ އެކަން ކުރުމުން ދޭހަވަނީ މިކަމުގައި ކުޑަވެސް ޒިންމާދާރުކަމެއް، ޢަމުދުން އަމާނާތްތެރިކަމެއް ނެތްކަމެވެ.
ފްލެޓު ދިނުމަށް އެކުލަވާލި އުޞޫލުގައި މާލޭ ރައްޔިތަކަށް އެމީހަކުވީ ތަރުތީބުން ބަލާނަމަ، އެ އުޞޫލުގެ ދަށުން އެންމެ ފުރަތަމަ ފްލެޓު ޙައްޤުވާނީ އަދި އެންމެ ގިނަ މާކްސްވެސް ލިބޭނީ މިދެންނެވި ގޮތަށް މާލޭ ރައްޔިތެއްގެ ގޮތުގައި ރަޖިސްޓްރީގައިވާ އަސާސީ ތަރުތީބުން ފްލެޓު ދިނުމުންނެވެ. މި ލިސްޓަކީ އަސާސީ ބޯހިޔާވަހިކަން އެންމެ ޙައްޤުވާ ފަރާތްތައް ތަރުތީބުކުރެވިފައި އޮންނަންވާ ގޮތެވެ. މި ލިސްޓަށް އެއްވެސް ބަދަލެއް ސަރުކާރުން ގެނައުމަކީ ކަނޑައެޅިގެން އިންޞާފުން އެއްކިބާވުމެވެ. ޚިޔާނާތުގެ ޢަމަލެކެވެ. ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެކެވެ. މިގޮތަށް ކަންތައްކުރުމުގެ ނަތީޖާއެއްގެ ގޮތުން ނިކުންނަމުންދާ ފޫނުބެއްދޭ ނަތީޖާތައް ވިސްނާލަންޖެހެއެވެ.
ފުރަތަމަ ކަމަކީ، މާލޭގައި އެމީހަކު ދިރިއުޅޭތާ 15 އަހަރުވުމުން ގަނޑުކޮށް މާކްސްތަކެއް ލިބޭގޮތަށް އުޞޫލުގައި ބަޔާންކޮށްފައި އޮތުމެވެ. މިގޮތަށް މާކްސް ދިނުމުގެ ނަތީޖާއެއްގެ ގޮތުން ބައްޕައަށް ފްލެޓު ނުލިބި، އޭނާ މިހާރުވެސް ޚަރަދުކުރަމުންދާ އަދި ބަލަހައްޓަމުންދާ އުފަންދަރިއަށް ފްލެޓު ލިބިފައި އެބަހުއްޓެވެ. އަދި ނުވިތާކަށް އޭނާގެ ކާފަ ދަރިފުޅަށްވެސް އަސާސީ ބޯހިޔާވަހިކަން ލިބޭގޮތް އެބަ މެދުވެރިވެއެވެ. މިހެންވީއިރު، އެކުދިންގެ ބައްޕަ މީގެ 40 އަހަރުކުރިން މާލެ ފުންމާލިގޮތަށް މާލޭގެ ދަފްތަރުގައި ޖެހި، އަސާސީ ބޯހިޔާވަހިކަމެއް މާލެއިން ލިބޭނެކަމުގެ އުންމީދުގައި ހުރި ހުރުން ބޭކާރުވީއެވެ. ދަރިންކޮޅު ގޮވައިގެން ބޮޑު ކުލީގައި، އަމިއްލަ ރަށްވެހިކަންވެސް ދޫކޮށްލައި މާލެއިން ބޯހިޔާވަހިކަމެއް ހޯދުމަށް ޢުމުރުން ހޭދަކޮށްލި 40 އެތައް އަހަރަކީ އެއްވެސް އަގެއްނެތް ކަމަކަށް ސަރުކާރުން ހަދައިލީއެވެ. ސަރުކާރުން އެކުލަވާލި ބޭއިންސާފު އުޞޫލެއްގެ ތެރެއިން ބައްޕަ ނުވަތަ ކާފަ ބާކީވެ، ދަރިފުޅާއި ކާފަދަރިންނަށް ފްލެޓު ދީ ނިންމާލީއެވެ.
ދިވެހި ރައްޔިތަކަށްވުމުގެ އަސްލު ތަރުތީބުން އެކަހެރިކޮށް، ސިޔާސީ އެކުވެރިންނާއި ގާތްމީހުންނަށް ނާއިންސާފުން ފްލެޓުތައް ދީ ހުސްކޮށްލީއެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ، އަސްލު ޙައްޤުވެރިންނަށް އަސާސީ ބޯހިޔާވަހިކަން ނުލިބި، އެ ފުރުޞަތު ގެއްލިގެން ދިއުމެވެ. މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތެކެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޢަދުލުވެރި އަދި ހަމަހަމަ އުޞޫލުތަކެއް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމުގައި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ.
ނިންމާލަމުން ދަންނަވާނީ، އަސާސީ ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްމެ ލިބެންޖެހޭ އަސާސީ ޙައްޤެއް ކަމުގައިވާތީ، މިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ޢަމަލުކުރަންވާނީ ފުރިހަމަ ޒިންމާދާރުކަމާއި އަމާނާތްތެރިކަމާއެކު، ހަމަހަމަކަމާއި ޢަދުލުވެރިކަން ޤާއިމުކުރެވޭނެ ގޮތަކަށެވެ. މިގޮތުން ކަންކަން ކުރުމަކީ ރައްޔިތުންގެ އިތުބާރު ހޯދައި، ޤައުމީ ތަރައްޤީއަށް މަގުފަހިކުރެވޭނެ ކަމެކެވެ. އަދި ހަމައެހެންމެ، ކުރިމަގުގައި މިފަދަ މަޝްރޫޢުތައް ރާވައި ހިންގުމުގައި، ދެފުށް ފެންނަ ގޮތަށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށް ދިއުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން، އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުޞޫލުތައް އެކުލަވާލުމުގައި ތަފާސްހިސާބުތަކަށް ބިނާކޮށް، އިޖްތިމާޢީ ޢަދުލުވެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސަރުކާރުގެ މަސްއޫލިއްޔަތަކީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ. އެހެންކަމުން، އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަމަލުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ނިންމާލަމުން އަޅުގަނޑު ގޮވާލަން ބޭނުންވަނީ، މި މައްސަލައާ ގުޅޭގޮތުން ސަރުކާރުން އަލުން މުރާޖަޢާކޮށް، ކުރިން ދިމާވެފައިވާ އޮޅުންތަކާއި މައްސަލަތައް ރަނގަޅުކޮށް، ޙައްޤުވެރިންނަށް އިންސާފު ހޯދައިދިނުމަށެވެ. އަދި ކުރިމަގުގައި މިފަދަ މަޝްރޫޢުތައް ހިންގުމުގައި ޢަދުލުވެރި އަދި ހާމަކަން ބޮޑު އުޞޫލުތަކެއްގެ މަތިން ޢަމަލުކުރުމަށެވެ. މިކަމަކީ ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ނާޒުކު މައްސަލައެއް ކަމުގައިވާތީ، މިކަމުގައި އިތުރު ލަސްވުމެއްނެތި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
