
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރެއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގައި ނޫސްވެރިން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލާ ގުޅޭގޮތުން ބޭއްވި “މީޑިއާ ފޯރަމް” ގައި ވާހަކަފުޅުދައްކަވަމުންނެވެ. “މީޑިއާ ފޯރަމް”ގައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ނޫސްވެރިންގެ ފަރާތުން މީޑިއާ ބިލަށް ހުށައެޅި ހުރިހާ ކަންބޮޑުވުމެއް އަޑު އަހައި، ދައުލަތުގެ ބަންޑާރަ ނައިބާއެކު މަޝްވަރާކޮށްގެން އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކޮމިޓީން ފާސްކުރި ބިލުގައި ނޫސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާހުތައް ހުށައެޅި ފަހުންވެސް ބިލާ ދެކޮޅަށް ކަންބޮޑުވުންފާޅުކުރި ބައެއް ނޫސްވެރިންނާ ފޯނުން ވާހަކަދެއްކެވި ކަމަށާއި އެ ނޫސްވެރިންވެސް އިތުރު ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ބިލު ފާސްނުކޮށް މަޑުކުރަން އެ ނޫސްވެރިން އެދުނު ކަމަށާއި ކަންބޮޑުވުމެއް ނެތްނަމަ ފާސްނުކޮށް މަޑުކުރުމުގެ އެއްވެސް ބޭނުމެއްނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. “ނޫސްވެރިންނާ ވާހަކަދެއްކިން ކޮން ހައްލެއްހޭ ގެންނަންވީ ބުނެ. އެކަމަކު ނޫސްވެރިން ބުނަނީ ބިލު ޕާކު ކޮށްލާށޭ. ކޮންކަމަކާތޯ ޕާކުކުރަންވީ. ބުނި ހުރިހާ އިސްލާހެއް ގެނެވިއްޖެ. ނޫސްވެރިން ބުނި މީޑިއާގެ މައްސަލަ ބަލަމުންދާއިރު، މީޑިއާގެ ލައިސަންސް ހިފަހައްޓައިގެން ނުވޭނޭ. އެ މާއްދާވެސް ނަގައިފިން. މައްސަލަ ބަލައި ނިމުނީމަ މިހާރު ފިޔަވަޅެއް އަޅާނީ.” ވަޒީރު ވިދާޅުވިއެވެ.
“މީޑިއާ ފޯރަމް”ގައި ރާއްޖޭގެ ނޫސްވެރިކަމުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅުން ޚިޔާލު ފާޅުކުރެއްވިއެވެ. އެގޮތުން ނޫސްވެރިކަމުގެ ދާއިރާއަށް ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ (މުންޑު) އާދަމް ޙަލީމް ވިދާޅުވީ ކަންކަމަށް ހައްލު ގެނެވޭނީ ޚިޔާލު ތަފާތުވެގެންކަމަށާއި އާޚިރުގައި ކޮންމެ ކަމެއްވެސް ކުރަންވާނީ ވަކި އިމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ނޫސްވެރިކަންކުރަންވާނީވެސް ވަކި ޚުދޫދެއްގެ ތެރެއިން ކަމަށާއި ނޫސްވެރިކަންކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް އާދަމް ޙަލީމް ވިދާޅުވިއެވެ. އާދަމް ޙަލީމް ވިދާޅުވީ ކުރިއަށްވުރެ މިހާރު ވަރަށް ބޮޑަށް މިނިވަން ނޫސްވެރިކަމެއް ކުރުމަށް ފުރުޞަތުތައް ފަހިވެފައިވާ ކަމަށެވެ. “ކުރީގައި ލިޔާ ޚަބަރު ކުށް ފިލުވަން ޖެހެނީ ކޯޓަށް ދާން ޝަރުޢީ ދާއިރާގެ ޚަބަރެއްނަމަ. ކުށް ފިލުވައި ނިމިގެން އަނބުރާ ކޯޓަށް ދާން ޖެހޭ ސުރުޚީ ޖަހަން. ޗާޕަށް ދިއުމުގެ ކުރިން ދައްކާލަން ކޯޓަށް ދައްކަންޖެހޭ.” އާދަމް ޙަލީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
35 އަހަރަށްވުރެ ދިގު މުއްދަތަކަށް ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ މުޙައްމަދު ޝަހީބު ވިދާޅުވީ ނޫސްވެރިންނަށް ކިތަންމެ ބޮޑަށް މިނިވަންކަން އޮތަސް، މީހެއްގެ ކަރާމާތަށް އަރައިގަނެގެން ނުވާނެ ކަމަށެވެ. އަދި އެކަމަށް މީޑިއާ މޮނިޓަރކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުންނޫންކަމަށް މުޙައްމަދު ޝަހީބު ވިދާޅުވިއެވެ. “ނޫސްވެރިކަމުގެ ތެރެއިން އިންސާނީ ކަރާމަތް ނަގާލެވެންޏާ އެއީ އެންމެ އިންސާފުވެރި ގޮތްތޯ ސުވާލު އުފައްދަންޖެހޭ. ނޫސްވެރިންނަށްވެސް ޒިންމާތަކެއް އެބައޮތް. ޒިންމާތައް އަދާކުރަންޖެހޭ.” މުޙައްމަދު ޝަހީބު ވިދާޅުވިއެވެ. 10 އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ މުރުޝިދު ޢަބްދުލްޙަކީމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސް އައްޔަންކުރައްވާ 7 މެންބަރުން ތިބުމަށްފަހު އައު ބިލާއެކު އުފެދޭ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނުގެ މެންބަރުކަމަށް ހުސް މިނިވަން ނޫސްވެރިން އައްޔަންވުމަކީ ނޫސްވެރިކަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ބަޔަކު ވާހަކަދައްކަމުންދަނީ ވަކި މަޤުޞަދެއް ހާސިލުކުރަންތޯ ކަމާމެދު މުރުޝިދު ސުވާލު އުފެއްދެވިއެވެ.
“އަޅުގަނޑުގެ ތަޖުރިބާގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ޙައްޤުގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ސަރުކާރެއް މިއީ ކުރިން ހަމަ އިށީންނައިރަށް އަންގާނެ ކުރެވޭނީ 1 ސުވާލޭ ދެ ސުވާލޭ. މައިކު ދީފައި އަތުލާނެ. ނަމަވެސް ނޫސްވެރިން ބޭނުން ސުވާލެއް ކުރަން ފުރުޞަތުދިން. ރައީސް އޮފީސް ކުރިމަތީގައި ސުވާލުކުރަން ފުރުޞަތުދޭ. އެއްވެސް ބަޔަކު ހާސްވެގެން ކަންބޮޑުވެގެން އުޅެންޖެހޭ ވަރުގެ ބިލެއް މަޖިލީހަށް ހުށައެޅިފަކާއެއް ނެތް.” މުރުޝިދު ވިދާޅުވިއެވެ. މިހާރު މަޖިލީހަށް ހުށައެޅިފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ” ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
