
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޤަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤަތަރުގައި މިހާރު ކުރިއަށްދާ އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވި ބަޔާނުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވަޑައިގެން ޤަޠަރަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި ޤަތަރު އަދާކުރަމުންދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ކަމަށެވެ. އަދި އެ ޤައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ޖެހޭ ކަމަށާއި، މިއީ މަސައްކަތާއި މެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވަނީ މި ހަމަލާއަކީ ހަމައެކަނި ޤަތަރަށް ދެވުނު ހަމަލާއެއް ނޫން ކަމަށާއި، މުޅި އަރަބި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑުމެން މިއަދު މި ބާއްވާ އެމެޖެންސީ ސަމިޓަކީ ހަމައެކަނި ޤަތަރަށް ދެވުނު ހަމަލާއާ ހެދި ބާއްވާ ސަމިޓެއް ނޫން. މިއީ މުޅި އަރަބި ޤައުމުތަކަށާއި މުޅި އިސްލާމީ އުއްމަތަށް ދެވުނު ހަމަލާއެއް. އަޅުގަނޑު ޝުކުރު އަދާކުރަން މިފަދަ ބައްދަލުވުމެއް ކުރިއަށް ގެންދަވާތީވެސް. މިއަދު މި ބައްދަލުވުމަކީ އަޅުގަނޑުމެން އެއް އަޑަކުން އަނިޔާވެރިކަމާއި ނާއިންސާފާއި ދެކޮޅަށް ތިބިކަން ހާމަކޮށްދިނުމަށް ބާއްވާ ބައްދަލުވުމެއް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްރާއިލުން ދަނީ ފަލަސްޠީނުގެ ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމުންގެ އެތައް ބަޔަކު އެއްވެސް ޖެހިލުމެއް ނެތި މަރާ، ޢައްޒާ އަޅިއަށް ހަދަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުގައި އިސްރާޢީލަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކޮށް އިސްރާއީލާއި ދެކޮޅާށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އެގޮތުން އަދުލު އިންސާފު ޤާއިމްކުރުމަށާއި، ޔަހޫދީ ދައުލަތުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ބައިނަލްއަޤްވާމީ ޤާނޫނޫތަކުގެ ތެރެއިން ފިޔަވަޅު އަޅައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ޤައުމުތައް ގުޅިގެން ޔަހޫދީ ދައުލަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެމަނިކުފާނު ވަނީ ޤަތަރާއި ޔަމަން ފަދަ ޤައުމަތަކަށް އިސްރާޢިލުން ހަމަލާދެމުންދާއިރު މިފަދަ ހަމަލާތަށް ވަކި ޤައުމަކުން އެކަނި ތަހަމަލު ކުރަން ނުޖެހޭ ކަން ފާހަގަކުރައްވާފައެވެ.
“މި އުއްމަތުގެ އެއްވެސް ޤައުމެއް މިފަދަ ހަމަލާތައް އެކަނި ތަހައްމަލު ކުރަން ނުޖެހޭނެ. ދުނިޔެ ތެދުވާން ޖެހޭ. މިއީ ދެ ޤައުމެއް ދެމެދު އޮތް ކަމެއް ނޫން. މިއީ ޤާނޫނުތަކުގެ މުގުރާލުން ހުއްޓުވުމަށް ތެދުވާ ތެދުވުމެއް. އަދުލު އިންސާފު ޤާއިމްކޮށް ބިރުދެއްކުމާއި ދެކޮޅަށް ތެދުވާ ތެދުވުމެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެއް އުއްމަތެއްގެ ގޮތުގައި ގުޅިގެން މިފަދަ ހަމަލާތަކާއި ދެކޮޅަށް، ތެދުވުމަށް ގޮވާލައްވާފައެވެ. އަދި ދިވެހި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވާނެ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ސަމިޓަކީ މިއީ ދެކެވޭ ވާހަކަތަކަށްވުރެ ބޮޑަށް ޢަމަލުތަކުން މިކަން ދައްކުވައިދޭ ސަމިޓަކަށް ހެދުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
