
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ޒަޔަނިސްޓު އިސްރާއީލާއި ރަޝިޔާ ބައިވެރިވުން މަނާކުރަންޖެހޭ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު، ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ. ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި ޔޫކްރެެއިންއަށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކަށް އިޝާރާތް ކުރައްވައި ސަންޗޭޒް ވިދާޅުވީ ދެ ޤައުމުން ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ނިމުމަކަށް އަންނަންދެން ދެ ޤައުމަށް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. ސަންޗޭޒް މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ފަލަސްޠީނުގެ ހައްޤުތަކަށް ވަކާލާތުކޮށް ސްޕެއިންގެ މެޑްރިޑްގައި ބަޔަކު ކުރި މުޒާހަރާތަކެއް ހޫނުވެ، އެ ސަރަޙައްދުގައި ކުރިއަށް ދިޔަ ލަ ވުއެލްޓާ ބައިސްކަލު ދުއްވުމުގެ މުބާރާތަށް ހުރަސްއެޅިފައި ވަނިކޮށެވެ. މުޒާހަރާތަކުގެ ސަބަބުން މުބާރާތުގެ ފަހު ބުރު ވަނީ ކެންސަލްކޮށްފައެވެ. އަދި އިނާމު ދިނުމަށް ބާއްވައި ޕޯޑިއަމް ޙަފްލާ ވެސް ބާއްވާފައެއް ނުވެއެވެ.
ސަންޗޭޒްއަކީ ޣައްޒާ އުދުވާނާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ބަސް ވިދާޅުވާ ބޭފުޅެކެވެ. ޣައްޒާ ޢުދުވާނަކީ ބަޔަކު ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްޕެއިނުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި ވަނީ ވެސް ސަންޗޭޒްގެ މޭސްތިރިކަމުގެ ދަށުންނެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީންނަށް ތެލާއި ހަތިޔާރު އެއްވެސް މިންވަރަކަށް ފޯރު ނުކޮށްދޭން ވެސް ސްޕެއިނުން ވަނީ މި މަހުގެ ތެރޭގައި ނިންމައިފައެވެ. ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ފެށުނުތާ ކުރީކޮޅު ސްޕެއިނުން ވަނީ އެ ޤައުމުގައި ބާއްވައި ކުޅިވަރު މުބާރާތްތަކުގައި ރަޝިޔާއަށް ބައިވެރިނުވެވޭނެ ކަމަށް އިޢުލާނުކޮށްފައެވެ. އަދި ސްޕެއިންގެ ޓީމުތަކުން ރަޝިޔާގައި ބާއްވައި މުބާރާތްތަކުގައި ބައިވެރިނުވުމަށް ވެސް އެ ޤައުމުން ވަނީ އިލްތިމާސްކޮށްފައެވެ.
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި މިހާތަށް 77،000އަށްވުރެ ގިނަ ޔޫކްރެއިންގެ ސިފައިން ވަނީ މަރުވެފައެވެ. އާންމުންގެ 13،000އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއަޅައި އެ ސަހަރުގެ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 400އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
