
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ އުތުރުގައި އޮތް ސޫމީއާއި ރަޝިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ރަށްތަކުގައި ޔޫކްރެއިންގެ ލަޝްކަރުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ދަށުން އެ ސަރަޙައްދުގެ ބައެއް ރަށްތަކަށް ރަޝިޔާގެ ފައުޖުތަކުން ވަނީ އަތްގަަދަ ކޮށްފައެވެ. ނަމަވެސް، އެ ސަރަޙައްދުތަކުގައި ބާރު ގަދަ ކުރުމަށް ރަޝިޔާގެ ފައުޖުތަކުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވިފައެއް ނެތެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ސޫމީއާ ގުޅޭ ސަރަޙައްދީ ރޮނގުގެ ސަރަޙައްދުތަކަށް އަތްގަދަ ކުރުމަށް ރަޝިޔާއިން ކެމްޕޭނެއް ފަށާފައި ވަނީ މީގެ މަސްތަކެއް ކުރިންނެވެ. ނަމަވެސް، އެ ސަރަޙައްދުތަކުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ސިފައިން ފަހަތަށް ޖައްސަމުންދާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. “ސޫމީ ސަރަޙައްދުން ރަނގަޅު ނަތީޖާތަކެއް ދަނީ ލިބެމުން،” އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ އިރުމަތީގެ ބައެއް ސަރަޙައްދުތަކަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާއިރު، 1,000އެއްހާ ކިލޯމީޓަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ކުރީ ސަފުގައި ދެ ޤައުމުގެ ސިފައިން ދަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންނެވެ. ޔޫކްރެއިންގެ އަސްކަރީ އިސް ކޮމާންޑަރު އޮލެކްސާންދްރް ސިރްސްކީއާ ޙަވާލާ ދެއްވައި ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ދޮންޏެސްކާއި ޚަރްކިވްގެ ސަރަޙައްދުތަކުގައި ޔޫކްރެއިންގެ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެވެ. ޒެލެންސްކީ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޔޫކްރެއިންގެ މައި ސަރަޙައްދެއް ކަމުގައިވާ ނީޕްރޯޕެތުރޮވްސްގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި ރަޝިޔާއިން ވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިންގެ އިރުމަައްޗަށް އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ފައުޖުތަކުން ކުރިއެރުންތަކެއް ހޯދަމުންދާ ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މި ގޮތުން، ދޮންބާސް ސަރަޙައްދުގެ ދޮންޏެސްކާއި ލުހާންސްކްގެ އިތުރު އަވަށްތަކެއް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
ޔޫކްރެއިންގެ މައި ހަތަރު ސަރަޙައްދެއްގެ ގިނަ ރަށްތަކަކާއި އަވަށްތަކެއް މި ވަގުތު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮންޏެސްކް، ލުހާންސްކް، އަދި ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަން ހިމެނެއެވެ. “އަޅުގަނޑުމެންގެ ފައުޖުތަކުން ދަނީ ސަރަޙައްދީ ރޮނގާ ދިމާލަށް ދަތުރު ކުރަމުން،” ޔޫކްރެއިންގެ ސިފައިން ވެސް ކުރިއެރުންތަކެއް ހޯދަމުންދާ ކަން ހާމަކުރައްވައި ޒެލެންސްކީ ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދުގައި ‘ބަފަރ ޒޯނެއް’ ނުވަތަ ރަޝިޔާގެ ކޮންޓުރޯލުގެ ދަށުގައި އޮތް ސަރަޙައްދެއް ކަނޑައެޅުމަށް ކްރެމްލިނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކެމްޕޭނުގެ ދަށުން ސޫމީގެ އިތުރުން އެ ސަރަޙައްދުގައިވާ ރަށްތަކަށް ރަޝިޔާއިން ދަނީ މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ސޫމީގެ އިތުރުން ޚަރްކިވްގެ އިރުއުތުރުގައި އޮތް ކޫޕިއަންސްކަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ރަޝިޔާގެ ސިފައިންނަށް އަމާޒުކޮށް ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރަޝިޔާއިން ބުނީ، ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މަޖުބޫރުވީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާ ގުޅުމަށް ކުރަމުން ދިޔަ މަސައްކަތްތައް ޔޫކްރެއިނުން ހުއްޓައިނުލުމުން ކަމުގައެވެ. ނޭޓޯއަކީ ރަޝިޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުން ދަނީ ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމެރިކާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
