
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނިއުކްލިޔަރ ހަތިޔާރު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމުގައި އުތުރު ކޮރެޔާއިން ހާމަކޮށްފިއެވެ. އެކުވެރި ދައުލަތްތައް (އދ)ށް އުތުރު ކޮރެޔާއިން ކަނޑައަޅާފައި ހުންނަ މިޝަނުން މި މޭރުމުން ބުނެފައިވާ ކަން ހާމަކޮށްފައި ވަނީ އުތުރު ކޮރެޔާގެ ދައުލަތުގެ މީޑިޔާ ކޭސިއެންއޭންނެވެ. އެ މިޝަނުން ބުނީ ނިއުކްލިޔަރ ބާރެއްގެ ގޮތުގައި އުތުރު ކޮރެޔާ ދެމި އޮންނާނެ ކަމަށާއި، އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ބަލައިނުގަންނާނެ ކަމުގައެވެ. އދގެ އިތުރުން ބައިނަލްއަޤްވާމީ އިދާރާތަކަށް އުތުރު ކޮރެޔާއިން ކަނޑައަޅާފައި ހުންނަ މިޝަނުން ބުނީ، އެ ޤައުމަކީ ނިއުކްލިޔަރ ބާރެއްގެ ގޮތުގައި އެ ޤައުމުގެ ޤާނޫނުތަކުގައި ހިމަނައި، ބަޔާން ކޮށްފައިވާނެ ކަމުގައެވެ. އަދި، އެއީ ދެން ބަދަލު ނުކުރުވޭނެ ފަދަ ނިންމުމެއް ކަމުގައި ވެސް އެ މިޝަނުން ބުންޏެވެ.
މީގެ އިތުރުން، އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވައި، ނިއުކްލިޔަރ ހަތިޔާރުތައް ނައްތައިލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކީ، އެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބަސްބުނުމުގެ ނުވަތަ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް އުތުރު ކޮރެޔާގެ މިޝަނުން ބުންޏެވެ. އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޕުރޮގުރާމެއް ކަމުގައި އެމެރިކާއިން ބުނެއެވެ. އުތުރު ކޮރެޔާއިން ޤަބޫލު ކުރާ ގޮތުގައި އެ ޤައުމުގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާއެވެ. އަދި، އެ ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވެސް އެމެރިކާއެވެ. އުތުރު ކޮރެޔާގެ ސަރުކާރުން ބުނާ ގޮތުގައި، ނިއުކްލިޔަރ ޕުރޮގުރާމެއް ހިންގައި، ނިއުކްލިޔަރ ހަތިޔާރު އުފައްދަން އެ ޤައުމަށް ޖެހުނީ، އެމެރިކާގެ ކިބައިން ކުރިމަތިވަމުންދާ ނުރައްކަލުގެ ސަބަބުންނެވެ. އަދި، އެއީ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާއިން ޙަމަލާއެއް ދިނުން ހުއްޓުވުމުގެ ގޮތުން ހިންގަމުންދާ ޕުރޮގުރާމެއް ކަމުގައި ވެސް އުތުރު ކޮރެޔާއިން ބުނެއެވެ.
އުތުރު ކޮރެޔާއަށް ނުރައްކާވާ ކަމަށް އެ ޤައުމުން ޤަބޫލު ކުރާ ގިނަ އަމަލުތަކެއް އެމެރިކާއިން ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި، ޖަޕާނާއި ދެކުނު ކޮރެޔާއާ ގުޅިގެން އަސްކަރީ ތަމްރީނުތައް ބޭއްވުން ފާހަގަ ކުރެވެއެވެ. އެއީ، އުތުރު ކޮރެޔާއަށް ޙަމަލާދީ، އެ ޤައުމު އިސްތިޢުމާރު ކުރުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ތަމްރީނުތަކެއްގެ ގޮތުގައި އުތުރު ކޮރެޔާއިން ސިފަ ކުރެއެވެ. މީގެ އިތުރުން، ނިއުކްލިޔަރ ހަތިޔާރު އުފުލާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާއި ސަބްމެރިންތަކުން ވެސް ދަނީ ކޮރެޔަން ޕެނިންސިޔުލާގެ ސަރަޙައްދުގައި ހަރަކާތްތެރިވެ، އޮޕަރޭޝަންތައް ހިންގަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
