
(ފޮޓޯ ކްރެޑިޓްސްް: ރޮއިޓާރސް)
ރަޝިޔާއިން ޑްރޯން ޙަމަލާތައް ދިނުމަށް ޔޫކްރެއިންގެ މޮބައިލް ނެޓްވޯކްތައް ބޭނުންކުރުން ހުއްޓުވުމަށް، އެ ފަދަ ޙަމަލާތައް ދޭ ވަގުތު ޔޫކްރެއިންގައި މުވާސަލާތީ ޚިދުމަތްދޭ ފެންވަރު ގަސްތުގައި ދަށްކޮށްލުމާމެދު ވިސްނަމުންދާ ކަމަށް އެ ޤައުމުގެ ޗީޕް އޮފް ޖެނެރަލް ސްޓާފް، އަންޑްރީ ހަނަތޮވް ވިދާޅުވެއްޖެއެވެ. ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަކުރަމުންދާތާ 3.5 އަހަރު ވެފައިވާއިރު، ފާއިތުވި މަސްތަކުގައި ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ދެމުންދާ ޑްރޯން ޙަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޙަމަލާތަކުން ދޭ ގެއްލުން އިތުރުކުރުމަށް ރަޝިޔާއިން ދަނީ މި ފަދަ ޙަމަލާތައް ދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖީ ކުރިއަރުވައި، ބޭނުންކުރާ ޑްރޯންގެ ޢަދަދު ވެސް އިތުރުކުރަމުންނެވެ.
ހަނަތޮވް ވިދާޅުވީ ޑްރޯން ޙަމަލާތައް ދޭ ވަގުތު މޮބައިލް ޚިދުމަތް އެއްކޮށް މެދުކަނޑައިލަނީ ނޫން ކަަމަށާއި އޭގެ ބަދަލުގައި ޚިދުމަތްތައް ހަނިކޮށް ފެންވަރު ދަށް ކޮށްލާނީ ކަމަށެވެ. އެ ގޮތުން ބައެއް ސަރަޙައްދުތަކުގައި 4ޖީ ނުވަތަ 5ޖީގެ ޚިދުމަތް އެ ވަގުތު ނުލިބޭގޮތް ހެދުންފަދަ ރޭވުންތައް ހިމެނެއެވެ. އެ ގޮތަށް ހެދުމުން ރަޝިޔާގެ ޑްރޯންތަކުގައި ހުންނަ މޮޑެމްތަކަށް ޔޫކްރެއިންގެ ނެޓްވޯކްތައް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަލުވި މޮބައިލް އިންޓަނެޓުގެ ޚިދުމަތް ކަނޑައިލުމުން ކެމެރާ ހަރުކޮށްފައިވާ ޑްރޯންތަކަށް މަންޒަރުތައް ނުފޮނުވޭވެއެވެ. އެ ކަމަށް 4ޖީ ނެޓްވޯކެއް ބޭނުންވާނެއެވެ. ޔޫކްރެއިނުން ދޭ ޑްރޯން ޙަމަލާތައް ހުއްޓުވުމަށް ރަޝިޔާއިން ވެސް އާއްމުކޮށް މޮބައިލް އިންޓަނެޓުގެ ޚިދުމަތް ކަނޑައިލައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
