
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް މަނާކުރުމާ ގުޅިގެން އެ ޤައުމުނެ ޒުވާނުން މިދިޔަ ހަފްތާގެ ތެރޭގައި ކުރި މުޒާހަރާތަކުަގައި މަރުވި މީހުންގެ ޢަދަދު 72އަކަށް އިތުރުވެއްޖެއެވެ. ނޭޕާލްގައި ކޮރަޕްޝަނާ ދެކޮޅަށް ކުރި މުޒާހަރާތައް ހޫނުވެ، ގިނަ ޢަދަދެއްގެ މީހުން މަރުވާން ފެށުމުން އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ކޭޕީ އޯލީ ޝަރްމާ ވަނީ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފައެވެ. ނޭޕާލުން މީގެ ކުރިން ބުނެފައި ވަނީ މުޒާހަރާތަކުގައި މަރުވެފައި ވަނީ 51 މީހުން ކަމަށެވެ. ނަމަވެސް މަރުވި މީހުންގެ ޢަދަދަށް ބަދަލު އަންނަމުން ދަނީ އެ ހަމަނުޖެހުންތަކުގައި ހުޅުޖަހާފައިވާ ސަރުކާރުގެ އޮފިސްތަކާއި ގޭގެއާއި މޯލްތަކާއި އެހެން އިމާރާތްތަކުގެ ތެރެއިން ހަށިތައް ފެންނަމުން ދާތީ ކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. މުޒާހަރާގެ ސަބަބުން ޒަޚަމްވި މީހުންގެ ޢަދަދު 2،113 އަށް އަރައެވެ.
ނޭޕާލްގެ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކަރްކީ މިހާރު ވަނީ އެ ޤައުމުގެ އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމަށް އިސްކޮށްފައެވެ. އޭނާ ވެފައި މި ވަނީ ނޭޕާލްގައި ވެރިކަންކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. އޭނާއަށް ޙަވާލުކޮށްފައިވާ އެންމެ ބޮޑު މަސްޢޫލިއްޔަތަކީ ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 5ވަނަ ދުވަހުގެ ކުރިން ނޭޕާލްގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމެވެ. އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމާ ރަސްމީކޮށް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ޙަވާލުވެވަޑައިގެންނެވި ކަރްކީ ވަނީ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢާއިލާތަކަށް އެއް މިލިޔަން ރުޕީސް ނުވަތަ 7،100 އެމެރިކާ ޑޮލަރު ބަދަލުގެ ގޮތުގައި ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންނަށް ސަރުކާރުގެ ފަރާތުން ހިލޭ ބޭސްފަރުވާ ކޮށްދޭނެ ކަމަށް ވެސް ވިދާޅިވެފައިވެއެވެ. ކުރިއަށް އޮތް މަސައްކަތަކީ ސުންނާފަތިވެފައިވާ އިމާރާތްތައް އަލުން ބިނާކުރުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
