
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ޒަޔަނިސްޓު އިސްރާއީލަށް ކުރައްވަމުންދާ ދަތުރުފުޅާ ދިމާކޮށް ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ 30އަށްވުރެ ގިނަ އިމާރާތް ސުންނާފަތިކޮށްލައި، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުކޮށްފިއެވެ. ޔަހޫދީން މީގެ ކުރިން ވަނީ ޣައްޒާ އިސްތިޢުމާރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުޅި ޣައްޒާ ސިޓީއަށް އަސްކަރީ ޙަރަކާތް ފުޅާކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ. ޣައްޒާގެ މިލިޔަނަކަށްވުރެ ގިނަ މީހުން އެ ސަރަޙައްދެއްގައި ދިރިއުޅޭ ޣައްޒާ ސިޓީއަށް ފަހުގެ ދުވަސްތަކުގައި ޔަހޫދިން ދެމުންދާ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޔަހޫދީ ދައުލަތަށް ރޫބިޔޯ ކުރައްވައި ދަތުރުުފުޅުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 48 ޔަހޫދީ އަސީރުން މިނިވަންކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރުމަށް އެމެރިކާއިން ބޭނުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޣައްޒާ އަލުން އާރާސްތުކުރުމާމެދު މަޝްވަރާކުރުމުގެ ޝައުޤުވެރިކަން ވެސް އެމެރިކާއިން ވަނީ ފާޅުކޮށްފައެވެ. ރޫބިޔޯގެ ދަތުރުފުޅުގައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބަންޖަމިން ނަތަަންޔާހޫއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ފާއިތުވި ހަފަްތާގެ ތެރޭގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިން ހަނގުރާމަ ހުއްޓައިލުމާގުޅޭ މަޝްވަރާތައް ކުރުމަށް ޤަޠަރުގައި ތިއްބަވަނިކޮށް ޔަހޫދީން ވަނީ އެ ވަފުދަށް އަމާޒުކޮށް ވައިގެ ޙަމަލާއެއް ދީފައެވެ. މި ޙާލަތުގައި ދެން ކަންކުރާނެ ގޮތަކާމެދު މަޝްވަރާ ކުުރުމަށް ޢަރަބި އަދި އިސްލާމީ ދައުލަތްތަކުގެ ބައްދަލުވުމެއް ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާއިން ވަނީ އެ ޤައުމުގެ ގާތް ބައިވެރިއެއް ކަމަށްވާ ޤަޠަރަށް ޔަހޫދީން ދިން ޙަމަލާއަކީ މައްސަލަ އިތުރަށް ގޯސްކޮށްފައިވާ ޙަމަލާއެއް ކަމަށް ބުނެފައެވެ. އެއީ ޔަހޫދީންނާއި އެމެރިކާގެ މަސްލަހަތަށް ވެސް އެ ފައިދާއެއް ނުކުރާ ފަދަ ޙަމަލާއެއްގެ ގޮތުގައި އެ ޤައުމުން ވަނީ އެ ޙަމަލާ ސިފަކޮށްފައެވެ. ޙަމަލާގެ ފަހުން ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު ރޫބިޔޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޤަޠަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން އަބްދުލްރަޙްމާން އައް-ޘާނީއާ ބައްދަލުކުރައްވައިފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޔަހޫދީން ދަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ވަރަށް ބޮޑަށް ދަތިކޮށް، އެ ސަހަރުގެ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަށް 422 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 145 ކުޑަކުދިން ވެސް ހިމެނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ބަނޑަށް ޖެހިގެން ޣައްޒާގައި ދެ މީހުން ޝަހީދުވެފައިވެއެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާ ސިޓީގެ 500އަށްވުރެ ގިނަ އަމާޒަކަށް ވައިގެ ޙަމަލާތައް ދީފައެވެ. މި މުއްދަތުގައި ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި 40އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 28 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައެވެ. ޙަމާސުން ބުނީ އޮގަސްޓު މަހުގެ 11ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގެ މީހުން ދިރިއުޅޭ 1،600 އިމާރާތާއި 13،000 ފޭލިގެ ޔަހޫދީން ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
