
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާގެ އިޤުތިޞާދީ ކަނޑުގެ ސަރަޙައްދަށް އެމެރިކާގެ އަސްކަރީ މަނަވަރަކުން ނުޤަވާޢިދުން ވަދެ، މަސް ދޯންޏަކަށް ސިފައިން އަރުވައި، އުޅަނދުގައި ތިބި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަން ވެނެޒުއެލާއިން ހާމަކޮށްފިއެވެ. ވެނެޒުލާގެ ސަރުކާރުން ބުނީ، އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަށް ނުޤަވާޢިދުން ވަދެފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ ޑިސްޓްރޯޔަރ މަރުކާގެ މަނަވަރެއް ކަމުގައެވެ. އަދި، އެމެރިކާ ސިފައިން މަސް ދޯންޏަކަށް އަރައި، އަށް ގަޑިއިރަށްވުރެ ގިނަ ވަގުތު އެ ދޯނި ހިފަހައްޓައި، އޭގައި ތިބި ފަޅުވެރިންނަށް ބިރު ދައްކާފައިވާ ކަމުގައެވެ. ވެނެޒުއެލާގެ ޚާރިޖީ ވަޒީރު އީވާން ހިލް ވިދާޅުވީ، އެމެރިކާ ސިފައިން އެ ޤައުމުގެ މަސް ދޯންޏަކަށް އަރާފައި ވަނީ ނުޤަވާޢިދުން ކަމުގައެވެ. އަދި، އެ އުޅަނދުގައި ތިބި މަސްވެރިންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އެމެރިކާ ސިފައިން އަމަލު ކޮށްފައިވާ ކަމުގައެވެ. އޭގައި ތިބީ، ނިކަމެތި މަސްވެރިންތަކެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ވެނެޒުއެލާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އެމެރިކާ ސިފައިން އަރައިގަނެފައި މި ވަނީ، ކަރާކަސާއި ވޮޝިންގްޓަނާ ދެމެދު މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި ހަފުތާގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ވެނެޒުއެލާގެ ބޯޓަކަށް ޙަމަލާދީ، އޭގައި ދަތުރު ކުރަމުން ދިޔަ 11 މީހުން މަރައިލާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނީ، އެ ބޯޓަކީ މަސްތުވާތަކެތި ބަރު ކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމުގައެވެ. އަދި، މަރައިލާފައި ވަނީ މަސްތުވާތަކެތީގެ ވަގުފާރީގައި ހަރަކާތްތެރިވާ މީހުންތަކެއް ކަމަށާއި، އެ އުޅަނދުގެ މަންޒިލަކީ އެމެރިކާ ކަމުގައި ވެސް އެމެރިކާ ސަރުކާރުން ތުހުމަތު ކުރެއެވެ. އެ ހާދިސާއާ ގުޅޭ ސައްޙަ މަޢުލޫމާތު ހާމަ ކުރުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޓްރަމްޕްގެ ސަރުކާރަށް އަންގާފައެވެ. ނަމަވެސް، އެ ޙަމަލާއާ ގުޅޭ އިތުރު މަޢުލޫމާތު ޓްރަމްޕްގެ ސަރުކާރުން ހާމަކޮށްފައެއް ނެތެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން މަރައިލާފައި ވަނީ ތްރޭން ދެ އަރާޣުވާގެ ނަން ކިޔާ ކުށްކުރާ ގޭންގެއް ނުވަތަ ގުރޫޕެއްގެ މެންބަރުންތަކެއް ކަމުގައެވެ. ނަމަވެސް، ވެނެޒުއެލާގެ ސަރުކާރުން އެ ތުހުމަތު ދޮގު ކުރެއެވެ.
މި ފަހަރު ވެނެޒުއެލާގެ ކަނޑުގެ ސަރަޙައްދަށް ނުޤަވާޢިދުން ވަދެފައި ވަނީ ޔޫއެސްއެސް ޖޭސަން ޑަނަމްގެ ނަން ދީފައިވާ ޑިސްޓްރޯޔަރ މަރުކާގެ އަސްކަރީ މަނަވަރެއް ކަމުގައި ވެނެޒުއެލާގެ ސަރުކާރުން ކަށަވަރު ކޮށްދިނެވެ. އެއީ، ބާރުގަދަ ކްރޫޒް މިސައިލް ފަދަ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މަނަވަރެކެވެ. އަދި، އޭގައި ގިނަ އަދަދެއްގެ ސިފައިން ތިބި ކަމުގައި ވެސް ވެނެޒުއެލާގެ ސަރުކާރުން ބުންޏެވެ. އެ ފަދަ މަނަވަރުތައް ވެނެޒުއެލާގެ ކަނޑުގެ ސަރަޙައްދަށް ފޮނުވައި، ޣައިރުޤާނޫނީ އަމަލުތައް ހިންގުވުން ހުއްޓައިލުމަށް ވެނެޒުއެލާއިން ވަނީ ޓްރަމްޕްގެ ސަރުކާރަށް ގޮވައިލާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
