
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގެ ބެލުމުގެ ދަށުގައި ތިބި އެމެރިކާގެ ރައްޔިތުން މިނިވަންކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ. ޤައުމުތަކުގައި ހިފަހައްޓާފައިވާ އެމެރިކާގެ ރައްޔިތުންނާ ބެހޭ ޚާއްޞަ މަންދޫބު، އެޑަމް ބޯލަރއާއި މީގެ ކުރިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނެވި ޚާއްޞަ މަންދޫބެއް ކަމަށްވާ ޒަލްމޭ ޚަލިލްޒާދީ ވަނީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނު ސަރުކާރުގެ ޚާރިޖީ ވަޒީރު، އާމިރު ޚާން މުއްތަޤީއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު އަފްޣާނިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށްއޮތް ތަނުގައި ދެ ފަރާތުން ވެސް އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ގޮތުން ދެ ޤައުމުގައި ބަންދުކޮށްފައިވާ ދެ ޤައުމުގެ ރައްޔިތުންނާ ގުޅޭގޮތުން ޚާއްޞަ ގޮތެއްގައި މަޝްވަރާ ކުރާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ މަޙްމޫދު ޙަބީބީއަކީ އަފްޣާނިސްތާނުގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބުނާ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކެވެ. ނަމަވެސް ޠާލިބާނުން ބުނަމުން ދަނީ އަފްޣާނިސްތާނުގެ ބެލުމުގެ ދަށުގައި އޭނާ ނެތް ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޙަބީބީ މިނިވަންކުރުމުގައި ކުރިއެރުމެއް ނުލިބުނަކީ އަފްޣާނިސްތާނާއެކު އިތުރު ދާއިރާތަކުން މަސައްކަތް ކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އަފްޣާނިސްތާނުގެ ކާބުލްގައި މީގެ ތިން އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލުނު ޙަބީބީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށް ޠާލިބާނުން ދަނީ ބުނަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ ޙަބީބީ މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުގައި ގުއަންޓަނާމޯ ބޭ އަސްކަރީ ޖަލުގައި ބަންދުކޮށްފައިވާ އަފްޣާނިސްތާނުގެ ރައްުޔިތެއް ކަމަށްވާ މުޙައްމަދު ރަޙީމް އަލް-އަފްޣާނީ މިނިވަން ކޮށްދިނުމަށް ހުށަހަޅައިފައެވެ. ނަމަވެސް އަފްޣާނިސްތާނުން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ.
އެެމެރިކާގެ ފަރާތުން އަފްޣާނިސްތާނަށް ޒިޔާރަތް ކުރަމުންދާ ވަފުދުން ވަނީ އަފްޣާނިސްތާނުގެ އިޤްތިޞާދީ ކަންތައްތަކާ ބެހޭ ބޮޑުވަޒީރުގެ ނައިބު، އަބްދުލްޣަނީ ބަރާދަރާ ވެސް ބައްދަލު ކުރައްވައިފައެވެ. އޭނާގެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި އަފްޣާނިސްތާނުގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ޝަކުވާކޮށްފައިވާ ކަމަށެވެ. އަފްޣާސްނިސްތާނާ ކުރިމަތިލުމުގެ ބަދަލުގައި އެ ޤައުމާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން އެދިފައިވާ ކަމަށާއި، އަފްޣާނިސްތާނު އަލުން އާރާސްތުކުރުމުގައި އެމެރިކާއިން ޢަދާކޮށްދޭން ޖެހޭ މަސްޢޫލިއްޔަތު ފުރިހަމަ ކުރުމަށް ގޮވާލާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
