
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެ ޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކެއްގައި އެ ޤައުމުގެ 19 ސިފައިން މަރުވެއްޖެއެވެ. ޕާކިސްތާނުގެ ހަތިޔާރުއެޅި ޖަމާޢަތަކާއެކު ހިނގި މި ކުރިމަތިލުންތައް ހިނގާފައި މި ވަނީ އެ ޤައުމާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ހިންގުމާ ޠާލިބާނުން ޙަވާލުވި ފަހުން އެ ސަރަޙައްދުގައި ހިނގާ މި ފަދަ ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށެވެ. 2021ވަނަ އަހަރު އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރު ހިނގަން ފެށި ފަހުން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕާކިސްތާނީ ޠާލިބާނުން ދޭ ޙަމަލާތައް ވަނީ އިތުރުވެފައެވެ.
ފުރަތަމަ ޙަމަލާ ދީފައި ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނާ ޙިއްޞާކުރާ ސަރަޙާއްދީ ރޮނގު ކައިރީގައި އޮން ދެކުނު ވަޒިރިސްތާނުގެ ބަދަރު ސަރަހައްދުގައެވެ. އެ ޙަމަލާ އަމާޒުކޮށްފައި ވަނީ ޕާކިސްތާނުގެ ސިފައިން ދަތުރުކުރަމުން ދިޔަ އުޅަނދަކަށެވެ. އެ ޙަމަލާގައި 12 ސިފައިންނާއި 13 ހަނގުރާމަވެރިން ވަނީ މަރުވެފައެވެ. އަދި ހަތަރު މީހުންނަށް ޒަޚަމްވެފައިވެއެވެ. ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕާކިސްތާނީ ޠާލިބާނުން ވަނީ ޙަމަލާގެ ޒިންމާ ނަގައި، ސިފައިންގެ ހަތިޔާރާއި ޑްރޯން ވެސް އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. ޕާކިސްތާނުގެ ލޮވަރ ދީރު ސަރަޙައްދުަގައި ބަދަލުކުރި ޙަމަލާއެއްގައި ވެސް ހަތް ސިފައިންނާއި 10 ހަނގުރާމަވެރިން މަރުވެފައިވެއެވެ، އެ ޙަމަލާތައް ފެށުނީ ސިފައިންނަށް ހަނގުރާމަވެރިން ފިލައި ތިބޭ ތަނެއް ފެނުމުންނެވެ.
ޕާކިސްތާނުން ޤަބޫލުކުރާ ގޮތުގައި އިންޑިޔާއާއި ޠާލިބާނުންގެ އެހީތެރިކަމާއެކު ޕާކިސްތާނީ ޠާލިބާން ޤާއިމްވެ ތިބީ އަފްޣާނިސްތާނުގައެވެ. ނަމަވެސް ދެ ސަރުކާރުން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އަފްޣާނިސްތާނުގެ ސަރުކާރުން އެ ސަރުކާރުގެ މަސްޢޫލިއްޔަތުތައް ޢަދާކޮށް ޕާކިސްތާނާ ދެކޮޅަށް ދޭ ނިރުބަވެރި ޙަމަލާތައް ރާވައި ހިންގުމަށް އެ ޤައުމުގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
