
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުއާންމުގައި އެއް ދުވަހުން 40އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. އޭގެ ތެރެއިން ގިނަ މީހުން ޝަހީދު ކޮށްލާފައި ވަނީ، އެ ސަހަރުގެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ. ޣައްޒާ ސިޓީ އިސްތިޢުމާރުކޮށް، އެ ރަށުގެ ރައްޔިތުން އަޅުވެތި ކުރުމަށް ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އަމިއްލަ ވަޒަން ދޫކޮށް، އެހެން ހިސާބުތަކަށް ހިޖުރަ ކުރުމަށް ޔަހޫދީން ވަނީ އެ ރަށުގެ ރައްޔިތުންނަށް އަމުރު ކޮށްފައެވެ. ނަމަވެސް، ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ ރަށުގެ ރައްޔިތުންނަށް ދަތުރު ކުރެވޭނެ އެއްވެސް ރައްކާތެރި ތަނެެއް ޣައްޒާގައި މި ވަގުތު ނެތް ކަމުގައެވެ.
“އިއްޔެއިން ފެށިގެން ބޮން އެޅުން ހުއްޓައެއް ނުލާ،” ޣައްޒާ ސިޓީގައި ދިރިއުޅޭ ދެ ކުދިންގެ ބައްޕައެއް ކަމުގައިވާ އާދިލް ކިޔައިދިނެވެ. އެ މީހުން ދިރިއުޅެނީ އައްސޭރިފަށުގައި އޮތް ރެފިއުޖީ ކޭމްޕެއްގައެވެ. “ވަރަށް ގިނަ ޢާއިލާތަކުން މި ރަށް ދޫކޮށް ގޮސްފި، އިސްތިޢުމާރީ ބާރުން ބޭނުންވާ ގޮތަކީ އެއީ.” ޔަހޫދީ ފައުޖުން ބުނީ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާ ސިޓީގެ 500އެއްހާ ސަރަޙައްދަށް ފަސް ފަހަރެއްގެ މަތިން ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އެއީ، ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ޙަމަލާތަކުގައި ޔަހޫދީން ވަނީ ޢާންމުން ދިރިއުޅުނު ގިނަ އަދަދެއްގެ އިމާރާތް ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ. ޣައްޒާގެ ޞިއްޙީ އިދާރާގެ އޮފިޝަލުން ބުނީ، ޣައްޒާ ސިޓީ ދޫކޮށް، އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރުމަށް ދަތުރު ކުރަމުން ދިޔަ މީހުންނަށް ވެސް ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. ޣައްޒާގައި ހަރަކާތްތެރިވާ މަދަނީ ޖަމުޢިއްޔާތަކުގެ އިއްތިޙާދުން ބުނީ، ޣައްޒާ ސިޓީގައި ދިރިއުޅޭ މިލިޔަނެއްހާ މީހުންގެ ތެރެއިން %10 އެއްހާ މީހުން ވަޒަން ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަ ކޮށްފައިވާ ކަމުގައެވެ.
ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި އެކުވެރި ދައުލަތްތައް (އދ)އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިތުރުން ޔަހޫދީންގެ އެކުވެރި ޤައުމުތައް ވެސް ހިމެނެއެވެ. އަދި، ޔަހޫދީންގެ ޖަރީމާތައް ވަގުތުން ހުއްޓައިލުމަށް އެ ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 64,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
