
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެ އިއްތިޙާދުގެ އިރުމަތީ ބިތުގައި އޮތް ޤައުމުތަކުގައި ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަން އެ އިއްތިޙާދުން ހާމަކޮށްފިއެވެ. އިރުމަތީގައި އޮތް ނޭޓޯގެ މެންބަރު ޤައުމުތަކުގެ ދިފާޢު ވަރުގަދަ ކުރުމަށް އެ އިއްތިޙާދުން ނިންމާފައި މި ވަނީ، ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް އަސްކަރީ ޑްރޯންތަކެއް ވަތް ހާދިސާއަކާ ގުޅިގެންނެވެ. މީގެ ދެ ދުވަސް ކުރިން ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް އަސްކަރީ ޑްރޯންތަކެއް ވަނުމާ އެކު، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އެ ޑްރޯންތަކަށް ޙަމަލާދީ، ދިފާޢުކޮށް، ވައްޓައިލާފައެވެ. މިއީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން މި ފަދަ ހާދިސާއެއް ހިނގާފައިވާ ފުރަތަމަ ފަހަރެވެ. ރަޝިޔާއާއި ޔޫކްރެެއިނާ ދެމެދު ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.
އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ތެރެއިން ޕޮލެންޑްގައި ހިނގި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުން ނޭޓޯގެ އެންމެ ބާރުގަދަ މެންބަރުގެ ގޮތުގައި ވަކާލާތު ކުރާ އެމެރިކާއިން ބުނީ، އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ދިފާޢު ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހުނު އެންމެހައި ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ. ނަމަވެސް، ރަޝިޔާގެ ޑްރޯންތަކެއް ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް އެތެރެވެފައި ވަނީ އޮޅުމެއްގެ ތެރެއިން ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އޭނާ އެ މޭރުމުން ވިދާޅުވުމާ ގުޅިގެން ނޭޓޯގެ ބައެއް މެންބަރު ޤައުމުތަކުން ވަނީ ނުރުހުން ވެފައެވެ. ޕޮލެންޑުން ޤަބޫލު ކުރާ ގޮތުގައި، ރަޝިޔާއިން އަސްކަރީ ޑްރޯންތަކެއް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ފޮނުވާފައި ވަނީ ގަސްދުގައެވެ. އަދި، އެެއީ ޕޮލެންޑާއި ނޭޓޯގެ ދިފާޢީ ނިޒާމުގެ ޤާބިލު ކަން ވަޒަން ކުރުމުގެ ގޮތުން ކޮށްފައިވާ އަމަލެއްގެ ގޮތުގައި ޕޮލެންޑުން ސިފަކުރިއެވެ. އެއީ، އޮޅުމެއްގެ ތެރެއިން ހިނގާފައިވާ ހާދިސާއެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވުމުން ޕޮލެންޑުން ވެސް ވަނީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ޕޮލެންޑާއި އެމެރިކާއަކީ ޒަމާންވީ، ގާތް ރަޙުމަތްތެރި ކަމެއް ބާއްވަމުންދާ ދެ ޤައުމެވެ. ނަމަވެސް، ރަޝިޔާގެ ޑްރޯންތަކެއް ޕޮލެންޑުން ވައްޓައިލި ހާދިސާއާ ގުޅިގެން ވޯސޯއާއި ވޮޝިންގްޓަނާ ދެމެދު މި ވަނީ ޚިޔާލު ތަފާތުވެފައެވެ. ޕޮލެންޑުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ޕޮލެންޑާ އެކުގައި އެމެރިކާއިން ދެމިއޮތް ކަން ހާމަކޮށްދިނުމުގެ ގޮތުން ވޮޝިންގްޓަނުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. ފަހުން އެމެރިކާއިން ވަނީ ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ އަސްކަރީ ޑްރޯންތަކެއް އެތެރެވި ހާދިސާ ކުށްވެރިކޮށް، ނޭޓޯގެ މެންބަރު ޤައުމުތަކާ އެކު ގުޅިފައިވާ ބަޔާނެއްގެ ނެރެފައެވެ. ރަޝިޔާގެ އަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޗާޓަރާ ޚިލާފު އަމަލެއްގެ ގޮތުގައި ވެސް އެ ބަޔާނުގައި ސިފަކޮށްފައިވެއެވެ.
ރަޝިޔާއިން ބުނީ، ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް އެތެރެވެފައި ވަނީ، ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިންގެ އަމާޒުތަކަށް ޙަމަލާތަކެއް ދެމުން ދިޔަ ވަގުތެއްގައި ކަމުގައެވެ. އަދި، ޕޮލެންޑަށް ޙަމަލާއެއް ދިނުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައި ވެސް ރަޝިޔާއިން ހާމަކުރިއެވެ. މި ކަމާ ގުޅޭ ގޮތުން ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނިބެންޒިޔާ ވިދާޅުވީ، 700 ކިލޯމީޓަރަށް ވުރެ ދުރު ރާސްތާގެ ޑްރޯން އެ ޤައުމުގެ އަސްކަރިއްޔާއިން މި ވަގުތު ބޭނުން ކުރަމުން ނުދާ ކަމުގައެވެ. އަދި، ޔޫކްރެއިނަށް ޙަމަަލާ ދިނުމުގައި ބޭނުން ކުރަމުންދާ ޑްރޯންތައް ޕޮލެންޑާ ހަމައަށް ދަތުރު ކުރުމުގެ ފުރުޞަތު ކުޑަ ކަމުގައެވެ.
ނަމަވެސް، ނޭޓޯގެ މެންބަރު ޤައުމުތަކުގެ ތެރެއިން އިރުމަތީ ބިތުގައި އޮތް ޤައުމުތަކުގެ ދިފާޢު ވަރުގަދަ ކުރުމުގެ ގޮތުން ‘އީސްޓަން ސެންޓްރީ’ގެ ނަމުގައި އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާ ކަން އެ އިއްތިޙާދުގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ އިޢުލާނު ކުރެއްވިއެވެ. ނޭޓޯގެ އަސްކަރީ ކޮމާންޑަރު އަލެކްސަސް ގްރިންކޮވިޗް ވިދާޅުވީ، އެ އޮޕަރޭޝަންގެ ދަށުން އުތުރުގައި އޮތް ބޮލްޓިކްގެ ޤައުމުތަކުން ފެށިގެން ދެކުނުގައި އޮތް ރޮމޭނިޔާއާއި ބުލްގޭރިޔާއާ ހަމައަށް ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. މި ގޮތުން، އިތުރު އަސްކަރީ މަތިންދާބޯޓުތަކާއި ވައިގެ ދިފާޢީ ނިޒާމުތައް އެ ޤައުމުތަކަށް ފޮނުވައި، އިތުރު އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް، އިތުރު ސިފައިން ފޮނުވުމަށް ނޭޓޯން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
