
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލްގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައި، 2026ވަނަ އަހަރުގެ މާރިޗު މަހުގެ 5ވަނަ ދުވަހު ޢާންމު އިންތިޚާބެއް ބާއްވާނެ ކަން އިޢުލާނު ކޮށްފިއެވެ. އިންތިޤާލީ ސަރުކާރެއް އެކުލަވައިލައި، އެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކޮށްފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ރައީސް ރާމްޗަންދްރަ ޕައުޑޭލްގެ އޮފީހުންނެވެ. އިންތިޤާލީ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައިވާ ބޭފުޅަކީ ސުޝިލާ ކަރްކީއެވެ. 73 އަހަރުގެ ކަރްކީއަކީ ނޭޕާލްގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، އޭނާއަކީ އެ މަޤާމުގެ އިތުރުން ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާއެވެ. ނޭޕާލްގައި އިންތިޤާލީ ސަރުކާރެއް އެކުލަވައިލަން ޖެހުނީ، ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ކޭޕީ ޝަރްމާ އޮލީ އިސްތިޢުފާ ދެއްވުމާ އެކު، އޭނާގެ ސަރުކާރު ވެއްޓުމުންނެވެ.
އިސްތިޢުފާ ދެއްވުމަށް އޮލީއަށް މަޖުބޫރުވީ، ‘ޖެން ޒީ’ އުމުރުފުރައިގެ އެތަކެއް ސަތޭކަ ހާސް ޒުވާނުންނާއި ޢާންމުން ގުޅިގެން މަގުތަކަށް ނިކުމެ، އޭނާގެ ސަރުކާރާ ދެކޮޅަށް ކުރި ބިޔަ މުޒާހަރާއާ ގުޅިގެންނެވެ. އެ މީހުން ސަރުކާރާ ދެކޮޅަށް ތެދުވެފައި ވަނީ މީސްމީޑިޔާގެ ބައެއް މަންސަތައް މަނާ ކުރުމަށް އޮލީގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެ ނިންމުން ބަދަލު ކޮށްފައިވީ ނަމަވެސް މުޒާހަރާތައް ވަނީ ހޫނުވެފައެވެ. އަދި، ހަމަނުޖެހުންގަނޑަކަށް ބަދަލުވެ، މުޅި ޤައުމުގެ ހަމަޖެހުމާއި އަމާން ކަން ގެއްލިފައެވެ. ހަމަނުޖެހުންގަނޑުގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައި، ދައުލަތާއި ސަރުކާރުގެ އިތުރުން ޢާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ސަރުކާރުގެ އިމާރާތްތަކާއި، ބޮޑުވަޒީރާއި ވަޒީރުންގެ ގެކޮޅުތަކަށް ވަދެ، ބައެއް ވަޒީރުންނަށް ޙަމަލާ ދީ، އިމާރާތްތަކުގައި ހުޅު ޖަހައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ހަމަނުޖެހުންތައް ކޮންޓުރޯލު ކުރެވިފައި ވަނީ، ނޭޕާލްގެ އަސްކަރިއްޔާގެ ސިފައިން ހަތިޔާރާ އެކު މަގުތަކަށް ނިކުތް ފަހުންނެވެ. އަދި، އޮލީ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
ހަމަނުޖެހުންގަނޑުގެ ތެރޭގައި 51 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 21 މީހަކާއި، ނުވަ ގައިދީއަކާއި، ތިން ފުލުހެއްގެ އިތުރުން އިތުރު 18 މީހަކު ހިމެނޭ ކަމުގައި ނޭޕާލްގެ ފުލުހުންގެ އިދާރާއިން ހާމަކުރިއެވެ. އަދި، 1,300އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. ނޭޕާލްގައި އިންތިޤާލީ ސަރުކާރެއް އެކުލަވައިލާފައިވާ ކަން އިޢުލާނުކޮށް ރައީސް ޕައުޑޭލްގެ އޮފީހުން ބުނީ، “ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އުވައިލައި، 2026 މާރިޗު 5 ވާ ބުރާސްފަތި ދުވަހު ޢާންމު އިންތިޚާބެއް ބޭއްވުމަށް” ރައީސް ނިންމަވާފައިވާ ކަމުގައެވެ. އިންތިޤާލީ ބޮޑުވަޒީރު ކަމުގެ މަޤާމަށް ކަރްކީ ޢައްޔަން ކޮށްފައި ވަނީ، ރައީސް ޕައުޑޭލާއި، އަސްކަރިއްޔާގެ އިސް ކޮމާންޑަރު އަޝޯކް ރާގް ސިގްދީލް އަދި މުޒާހަރާގެ އިސް ބައިވެރިންނާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުއެވެ. އެ މަޤާމަށް ކަރްކީ ޢައްޔަން ކުރުމަށް ހުށަހަޅާފައި ވަނީ މުޒާހަރާގެ ބައިވެރިންނެވެ.
ނޭޕާލްގައި އިންތިޤާލީ ސަރުކާރެއް އެކުލަވައިލުމާ އެކު އެ ޤައުމުގެ ދެކުނުގައި އޮތް އަވައްޓެރި އިންޑިޔާއިން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި، ކަރްކީގެ ހިންގުންތެރި ކަމުގެ ދަށުން، ނޭޕާލްގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމުގައި ބުނެފައެވެ. “ނޭޕާލްގައި ތިބި އަޅުގަނޑުމެންގެ އަޚުންގެ ސުލްޙައާއި، ކުރިއެރުމާއި ފާގަތި ކަން ދެމެހެއްޓުމުގައި އިންޑިޔާއިން އަބަދު ވެސް ދެމިއޮންނާނެ،” އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ. ނޭޕާލްގެ ޒަމާންވީ ރަސްކަން، ޖުމްހޫރިއްޔަތަކަށް ބަދަލު ކޮށްފައި ވަނީ 2008ވަނަ އަހަރުއެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، ނޭޕާލަކީ ސިޔާސީ ހަލަބޮލިކަން ބޮޑު ޤައުމެކެވެ. ވަޒީފާގެ ފުރުޞަތުތައް މަދުވުމާ އެކު، އެ ޤައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ވަނީ ބޭރު ޤައުމުތަކަށް ހިޖުރަ ކުރުމަށް މަޖުބޫރުވެފައެވެ.
ޗައިނާއާއި އިންޑިޔާއާއި ދެމެދުގައި އޮތް ނޭޕާލްގައި ހިންގާފައިވާ ހަމަނުޖެހުންތައް މިހާރު ވަނީ މަޑުޖެހިފައެވެ. އަދި، މަގުތައް ވަނީ އަމާން ވާން ފަށާފައެވެ. ބައެއް ފިހާރަތައް ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާއިރު، މަގުތަކުން ހަތިޔާރު އެޅި ސިފައިން ފެންނަ އަދަދު މަދުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އިންތިޤާލީ ބޮޑުވަޒީރު ކަރްކީގެ ސަރުކާރުގެ މައިގަނޑު ޒިންމާއަކީ ސުލްޙައާއި ހަމަޖެހުން ޤާއިމުކޮށް، ޢާންމު އިންތިޚާބެއް ބޭއްވޭނެ މަގު ކޮށައިދިނުމެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
