
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޙަމަލާ ބަދަލުކުރުމަށް ބޭނުން ކުރަމުންދިޔަ ޑްރޯންތަކެއް މަގުން ނައްޓާަލައި ބެލަރުސްއާއި ޕޮލެންޑުގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ވަދެފިއެވެ. ބެލަރުސްސުން ބުނީ އިލެްކްޓްރޯނިކް ޖޭމިންގެ ސަބަބުން އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ފެތުރިގެން ދިޔަ ޑްރޯންތަކެއް އެ ޤައުމުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާ ކަމަށެވެ. އެއީ ކޮން ޤައުމަކަށް ނިޞްބަތްވާ ޑްރޯންތަކެއް ކަމެއް ބެލަރުންސްސިން ހާމަކޮށްފައެއް ނުވެއެވެ. ޑްރޯންތަކެއް މަގުން ނެއްޓި ގޮސްފައިވާ ކަމަށާއި ޕޮލެންޑާއި ލިތުއޭނިޔާއާ ދިމާލަށް ޑްރޯންތައް ދަތުރުކުރަމުންދާ ކަމަށް ބެލަރުސްއިން އެ ޤައުމުތަކަށް އަންގާފައިވެއެވެ.
ޕޮލެންޑުން ބުނީ ގިނަ ޢަދަދެއްގެ ޑްރޯން އެ ޤައުމުގެ ވައިގެ ސަރަޙައްދުތެރެއަށް ވަދެފައިވާ ކަމަށާއި، އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިވާފަދަ ހުރިހާ ޑްރޯނެއް އެ ޤައުމުން ވައްޓާލާފައިވާ ކަމަށެވެ. ޑްރޯންތައް އެ ޤައުމާ ދިމާލަށް މިސްރާބު ޖަހަމުންދާކަން ދުރާލާ އަންގާފައިވާތީ އެ ކަމަށް ތައްޔާރުވާން ފުރުޞަތު ލިބުނު ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ. ޕޮލެންޑަކީ ވިލާތުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމެކެވެ. މިއީ ނޭޓޯއަށް ނިޞްބަތްވާ ޤައުމަކުން ރަޝިޔާާއާއި ޔޫކްރެއިން ހަނގުރާމަ ކުރަމުން ދަނިކޮށް ޙަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެވެ.
ރަޝިޔާއިން ބުނީ ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލުމުގެ ހާދިޘާއާ އެ ޤައުމާ ގުޅުމެއް ނެތް ކަމަށެވެ. ޕޮލެންޑުގެ ޚާރިޖީ އިސް ބޭފުޅަކު ވިދާޅުވީ ޑްރޯންތައް އައިސްފައި ވަނީ ޔޫކްރެއިންއާ ދިމާލުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
