
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ކޭޕީ އޯލީ ޝަރްމާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޤައުމުގެ އަމަން ބެލެހެއްޓުމަށް ހަތިޔާރާއެކު ސިފައިން ނިކުމެއްޖެއެވެ. މީސްމީޑިޔާގެ ބައެއް މަންސަތައް ނޭޕާލްގައި މަނާ ކުރުމުން މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބާޠިލްކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި 25 މީހުން މަރުވެ، 633 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޤައުމުގައި އުފެދިފައިވާ ހަލަބޮލިކަން ހުއްޓުވުމަށް ނޭޕާލްގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކާފިއުއެއް ވެސް އިޢުލާނުކޮށްފައެވެ. ނަމަވެސް ކާފިއުއަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން އެއްވުންތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން ބޮޑުވަޒީރު އޮލީއަށް ވަނީ އިސްތިޢުފާ ދެއްވުމަށް މަޖުބޫރުވެފައެވެ.
މުޒާހަރާގެ ބައިވެރިންނާއި އަސްކަރިއްޔާގެ އިސްވެރިންނާ ދެމެދު މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެ ޤައުމުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ. މުޒާހަރާތަކުގައި މައިގަނޑުގޮތެއްގައި ބައިވެރިވެފައި ވަނީ ޒުވާނުންނެވެ. މުޒާހަރާގެ ބައިވެރިން ބޭނުން ވަނީ އެ ޤައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކަރްކީ އިންތިޤާލީ ބޮޑުވަޒީރުގެ ގޮތުގައި ޢައްޔަނު ކުރުމަށެވެ. އަސްކަރިއްޔާގެ ވެރިންނާ ކުރާ މަޝްވަރާތަކުގައި މުޒާހަރާގެ ބައިވެރިން މި ހުށަހެޅުން ހުށަހަޅާނެއެވެ.
ނޭޕާލްގެ އަސްކަރިއްޔާއިން ބުނީ ޤައުމަށް ކުރިމަރިވެފައިވާ މައްސަލަ ޙައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަސްކަރިއްޔާގެ ތަރުޖަމާނު، ރާޖާ ރާމް ބަސްނަތު ވިދާޅުވީ ފުރަތަމަ އިސްކަންދެނީ ޤައުމު އާއްމު ޙާލަތަށް ރުޖޫޢަ ކުރުމަށް ކަމަށެވެ. މީހުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމަށް އަސްކަރިއްޔާއިން އަހައްމިއްޔަތުކަން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަސްކަރިއްޔާއިން ބުނީ ނޭޕާލްގައި އިޢުލާނުކޮށްފައިވާ ކާފިޔު ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ހެނދުނާ ހަމައަށް ދަމަހައްޓާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
