
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުން ފެނަށް ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެއްޖެއެވެ. ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެން ލިބޭ މަގުތަކަށް އެ ސަރަޙައްދުގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އޭގެ ސަބަބުން ގޭގެއަށް ފެން ނުލިބި، ދަނޑުބިންތަކަށް ފެން ފޯރުކޮށްދޭ މަގުތައް ވެސް ވަނީ ބަންދުވެފައެވެ. ހުޅަނގު އައްސޭރީގައި އޮންނަ ރާމަاللهގައި ވެސް ފެން ލިބުން ދަތިވެގެން އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުން ފެން ހޯދަނީ އާއްމު އިސްކުރުބަރިތަކުންނެވެ. ބައެއް ޢާއިލާތަކުން ބުނީ އެ މީހުންގެ ގޭގެއަށް ފެންފޮދެއް ލިބެނީ ހަފްތާއަކު ދެ ދުވަހު ކަމަށެވެ. އެއާއެކު ފެން ހޯދުމަށް އާއްމު އިސްކުރުަބަރިތައް ދޮށަށް ޖަމާވުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.
އދން ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ފެން ވަޅުތަކާއި ހޮޅިތަކާއި ފެން ދައުރުކުރާ ނިޒާމުތަކަށް އަމާޒުކޮށް ޔަހޫދީން 62 ޙަމަލާއެއް ދީފައިވާ ކަމަށް ބުނެފައެވެ. ސާފު ތާޒާ ފެން ލިބޭ ފެން އާރުތަކާއި ފެން ބަހައި މަރުކަޒުތަކަށް ވެސް ވަޒަންވެރިންގެ ދުއްތުރާ ދަނީ ފޯރަމުންނެވެ. ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ޤުދުރަތީ ފެން އާރުތަކަށް ވެރިވެގަނެ، އެ އާރުތައް ފަލަސްޠީނުގެ ރައްޔިތުން ބޭނުން ކުރުން ހުއްޓުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
