
ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ޤަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ. އެމަނިކުފާނު މި ހަމަލާ ކުށްވެރިކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ޤަތަރުގެ ވެރިރަށް، ދޯހާއަށް ޔަހޫދީ ދައުލަތުން ދީފައިވާ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ އިޒްރޭލުގެ މި ޢަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސުްޖުމްހޫރިއްޔާ ވަނީ މި ދަނޑިވަޅުގައި ރާއްޖެ އޮތީ ޤަތަރާއެކުގައި ކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ މުޖުތަމައަށް ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައެވެ. މި ހަމަލާގެ އިތުރުންވެސް ޔަހޫދީ ދައުލަތުން ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް އެކި ޤައުމުތަކަށް ދެމުން އަންނަ ހަމަލާތަކުގައި އެ ޤައުމު ޖަވާބުދާރީ ކުރުވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
Strongly condemn Israeli attack on Doha, the capital of the State of Qatar. Such cowardly actions constitute a serious violation of international law and is a blatant infringement on the sovereignty and territorial integrity of a sovereign nation.
The Maldives stands in…
— Dr Mohamed Muizzu (@MMuizzu) September 9, 2025
އަންގާރަ ދުވަހު ޔަހޫދީ ދައުލަތުން ދޯހާއަށް ހަމަލާ ދީފައިވާއިރު އެ ޤައުމަކީ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުން އަންނަ ޤައުމެވެ. ޔަހޫދީ ދައުލަތުން އަންނަނީ ޣައްޒާގެ އިތުރުން ލުބުނާނާއި ޔަމަނާއި ސޫރިއާއަށްވެސް ބޮމުގެ ހަމަލާތައް ދެމުންނެވެ. އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވެސް އެ ދައުލަތުން އަންނަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
