
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޑަކުދިން ކުށުން ދުރުކުރުމުގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ފުރިހަަމަ ޤާނޫނީ އޮނިގަނޑުތަކެއް ހެދިފައި ހުރިނަމަވެސް އިދާރާތަކަށް މާލީ ބާރުވެރިކަން ބޭނުންވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސީ ކަރުދާސްތައް ޢާންމުކުރީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދިޔަ ކޮންފަރެންސްގެ ތެރެއިންނެވެ. މިދިރާސާގައިވާ ގޮތުން ކުޑަކުދިން ކުށުން ދުރުކުރުމަށްޓަކައި މިހާރު ކުރަމުންދާ ކަންކަން ވަރަށް ބޮޑަށް އިތުރުކުރަންޖެހެއެވެ. އެގޮތުން ކުށުގެ މާހައުލަށް ހުށައެޅުމުގެ ރިސްކު ބޮޑު ކުދިންނަށާއި އެފަދަ ކުދިން ނިސްބަތްވާ ޢާއިލާތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގަންޖެހެއެވެ. ނަމަވެސް، މިފަދަ ޕްރޮގުރާމްތައް ބޭނުންވާވަރަށް ނުހިންގެނީ ތަންފީޒުކުރާ އިދާރާތަަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުންކަމަށް ދިރާސާގައިވެއެވެ. އަދި ނިޒާމު ތަންފީޒުކުރުމަށް ފުރިހަމަ ޤާނޫނީ އޮނިގަނޑެއް އެބައޮތް ކަމަށާއި ނަމަވެސް، ނަތީޖާ ހާސިލުކުރުމަށް އިދާރާތަކަށް މާލީ ބާރުވެރިކަން ބޭނުންވާކަމަށް ދިރާސާގައިވެއެވެ.
ޕީޖީ އޮފީހުގެ ދިރާސާގައިވާ ގޮތުން ކުށުން ދުރުކުރުމަށްޓަކައި ކުޑަކުދިންނަށް ކައުންސެލިންއާއި ތެރަޕީއާއި ނަފުސާނީ ގޮތުން ޞިއްޙީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭންޖެހެއެވެ. އަދި ޢާއިލާތަކާއި ކުދިން މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ކުށުން ދުރުކުރުމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކުގެ މެދުގައި މުވާސަލާތުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހެދި ދިރާސާގައިވެއެވެ. މީގެއިތުރުން ސްކޫލްތަކާއި ޤާނޫނު ނަގަހައްޓާ ބާރުތަކާއި އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނާ މެދުގައި މުވާޞަލަތުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ދިރާސާގައި ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ފަޤީރުކަން ނައްތާލުމަށާއި އިޤުތިޞާދީ ހަމަހަމަކަން ޤާއިމުކުރުމަށް ސިޔާސަތުތައް އެކުލަވާލުން ހިމެނެއެވެ. އަދި މި ސިޔާސަތުތަކުގެ ތެރެއިން ކޮންމެ ޢާއިލާއަކަށްވެސް ބޯހިޔާވަހިކަމާއި ކާބޯތަކެއްޗާއި ޞިއްޙަތާއި ތަޢުލީމު ކަށަވަރުކުރެވެންވާނެކަމަށްވެސްވަނީ ބަޔާންކޮށްފައެވެ.
ހަމައެއާއެކު އަދަބު ދިނުމުގެ ބަދަލުގައި އަނބުރާ މުޖުތަމަޢަށް ނެރެވޭނެ ގޮތަށް ޚާއްސަ ކައުންސެލިންއާއި ތަޢުލީމާއި ހުނަރު ތަރައްޤީކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެޕްރެންޓިސްޝިޕް ޕްރޮގުރާމްތައް ކުރިއަށްގެންދިއުމަށްވެސްވަނީ ލަފާދީފައެވެ. ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން އެ ނިޒާމު ތަންފީޒުކުރުމުގައި ބައިވެރިވާ އެކިއެކި މުއައްސަސާތަކުންވަނީ ދިރާސާތައް އެކުލަވާލާފައެވެ. މި ދިރާސާތައް މިހާރު ޢާންމުކޮށްފައިވާއިރު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކާއި އޭގެ ހައްލު ދިރާސާތަކުގައި ބަޔާންކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
