
އަލަށް އުފަންވާ ކުދިންގެ ސިއްޙަތާ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނިއޮނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ތުއްތުކުދިންގެ ދުޅަހެޔޮކަމާ ގުޅޭ މި މަޢުޟޫއަކީ ކޮންމެ އާއިލާއަކާ، ކޮންމެ މީހަކާ އަދި އަންނަން އޮތް ޖީލުތަކާވެސް ގުޅިފައިވާ މަޢުޟޫއެއްކަމަށެވެ. މި ކޮންފަރެންސް ކާމިޔާބުކުރުމުގައި ބައިވެރިންގެ އެއްބާރުލުމާ، ބިނާކުރުވަނިވި ޙައްލުތަކަށް ޚިޔާލާ މަޝްވަރާ ވަރަށް މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ.
“އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެކުއެކީގައި މަސައްކަތްކުރުމަށް ގޮވާލަން. އުއްމީދަކީ އައު ޚިޔާލުތަކާ މުހިންމު މަޝްވަރާތަކެއް ކުރެވިގެންދިއުން. އަދި މަޝްވަރާތަކުގެ ހެޔޮ ނަތީޖާއަށް ވާސިލުވުން.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އައިޖީއެމްއެޗް)
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، އިހުގައި މިމަސައްކަތަކީ ވަރަށް ގޮންޖެހުންތައް ބޮޑު މަސައްކަތެއް ކަމަށާއި ވަރަށް ގިނަ ހިތާމަވެރި ޙާދިސާތައްވެސް ހިނގާފައިވާކަމަށެވެ. އަދި މިހާރަށް ބެލިއަސް، މިއީ އިތުރު، އަވަސް ކުރިއެރުންތަކެއް ބޭނުންވާ ދާއިރާއެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ވަސީލަތާއި އިންސާނީ ހުނަރުތައް ތަރައްޤީކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. “ތަނާއި ޖާގަ، ތަކެއްޗާއި ވަސީލަތްތައް، އިންސާނީ ޤާބިލުކަމާއި ހުނަރު ބޭނުންވޭ. އަދި ކޮންމެ ދާއިރާއަކަށްބެލިއަސް ދުނިޔޭގެ ކުރިއަރާފައިވާ ޢިލްމާއި ޓެކްނޮލޮޖީ، އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ޚާއްސަ ޢިލްމީ ޓެކްނޮލޮޖީތައް ބޭނުންވޭ.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ދުނިޔޭގެ ތަރައްޤީވެފައިވާ ސިއްޙީ ނިޒާމުތައިކާ ފައިހަމަކުރުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭކަމަށެވެ.
މި ކޮންފަރެންސްގެ އަލީގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި ވަސީލަތުގެ ގޮތުން ބޭނުންވާ ކުރިއެރުންތަކާ މެދު މަޝްވަރާކޮށް، ޙައްލަކަށް ބަހުސްކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އާޚިރު ނަތީޖާއަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުންކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
