
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ޣައްޒާ ސިޓީ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ނަގޫރޯޅިއެއް ފަދަ ޙަމަލާއެއް ދޭނެ ކަމަށް ޔަހޫދީން އިޢުލާނުކުރުމާއެކު ޣައްޒާ ސިޓީގެ ރައްޔިތުންނަށް އިތުރު ނުތަނަސްކަމާއި ބިރުވެރިކަން ކުރިމަތިވެއްޖެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން ވެސް ޣައްޒާ ސިޓީގައި މިލިޔަނަކަށްވުރެ ގިނަ މީހުން ދިޔައީ ދިރިއުޅެމުންނެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވަނީ މުޅި ޣައްޒާ އިސްތިޢުމާރު ކުރާނެ ކަަމަށާއި ޣައްޒާ ސިޓީގައި ވަރުގަދަ އަސްކަރީ ޙަރަކާތެއް ފަށާނެ ކަމަށް އިޢުލާނުކޮށްފައެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހު ޔަހޫދީ ދިފާޢީ ވަޒީރު، އިސްރާއެލް ކެޓްޒް ވަނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ނުކުރާނަމަ ޣައްޒާއަށް ނަގޫރޯޅިއެއް ފަދަ ޙަމަލާއެެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ޔަހޫދީން ދަނީ ޣައްޒާ ސިޓީގައި ދިރިއުޅޭ މީހުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމަށް އިންޒާރު ދީ އެ ސިޓީއަށް ވައިގެ މަގުން ލީފްލެޓްތައް އަޅަމުންނެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެ ސަހަރުގައި ރައްކާތެރި އިތުރު އެއްވެސް ސަރަޙައްދެއް ނެތެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ މީހުން ވަނީ އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ދެކޮޅު ހަދައިފައެވެ. ނަމަވެސް ބައެއް މީހުން ބުނީ އިންޒާރުތަކުގެ ސަބަބުން ޣައްޒާގެ ދެކުނަށް މިސްރާބު ޖެހުމަށް އެ މީހުންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.
ޣައްޒާއަށް އަމާޒުކޮށް ޔަހޫދީން ޙަމަލާ ދޭން ފެށި ފަހުން ޔަހޫދީން ވަނީ މިހާތަނަށް ޣައްޒާގެ 64،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޙަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތިވެފައިވާއިރު، ޔަހޫދީން ދަނީ ޣައްޒާއަށް ކާބޯތަކެތި ވެެއްދުމަށް ދަތިކޮށް، އެ ސަހަރުގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
