
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޗަނަވާތު ޖަލަށް ލުމަށް މީގެ ކުރިން ކޮށްފައިވާ ހުކުމެއް ހަސްފަތާލުގައި އޮންނަވައި ފުރިހަމަ ކުރެއްވި ކުރެއްވުން ބަލައިނުގަނެވޭނެ ކަމަށް އެ ޤައުމުގެ ކޯޓަކުން ނިންމައި އޭނާ އަލުން ޖަލަށް ލައިފިއެވެ. ތަކްސިން ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައި ވަނީ 2001ވަނަ އަަހަރުން ފެށިގެން 2006ވަނަ އަހަރާ ހަމައަށެވެ. 2005ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުގެ އެއް އަހަރު ފަހުން އޭނާ ޤައުމުން ބޭރުގައި ހުންނަވަނިކޮށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އޭނާ މަޤާމުން ދުރުކޮށްފައެވެ. 2008ވަނަ އަހަރުގެ ތެރޭގައި ތައިލެންޑުގެ ކޯޓަކުން ވަނީ އޭނާ މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް އޭނާގެ ޣައިރު ހާޒިރުގައި ކަނޑައަޅައި އޭނާ އަށް އަހަރު ދުަވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
15 އަހަރު ދުވަހު ޤައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު ތަކްސިން ޤައުމަށް އެނބުރި ވަޑައިގަތީ އޭނާގެ ސިޔާސީ ޕާޓީ، ފިޔު ތައިއަށް ބާރު ލިބުމުންނެވެ. ޤައުމަށް އެނބުރި ވަޑައިގަތުމުން އޭނާ ވަނީ ވަގުތުން ހައްޔަރު ކޮށްފައެވެ. ނަމަވެސް ޞިއްޙީ ހާލުކޮޅު ގޯސްވުމާ ގުޅިގެން އޭނާ ވަނީ ހަސްފަތާލަށް ބަދަލުކޮށްފައެވެ. ޝާހީ މަޢާފަކަށް ފަހު ތަކްސިންގެ ހުކުމް ވަނީ އަށް އަހަރުން އެއް އަހަރަށް ލުއިކޮށްދީފައެވެ. ހަ މަސް ދުވަހު ހަސްތަފާލުގެ ވީއަޕީ ގޮތްޕެއްގައި އޮންނަވާ ހުކުމް ތަންފީޒު ކުރައްވައި، އޭނާ މިނިވަންވެވަޑައިގަތީ 2024ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޕެރޯލްގެ ދަށުންނެވެ.
ތައިލުންޑުގެ ސުޕްރީމް ކޯޓުން ބެލި މައްސަލައިގައި ބަލާފައި ވަނީ ޖަލު ހުކުމުގެ ތަންފީޒީ މުއްދަތުގެ ގޮތުގައި ހަސްފަތާލުގައި އޮންނެވި މުއްދަތު ބެލިދާނެތޯއެވެ. ކޯޓުން ނިންމީ ހަސްފަތާލުގައި އޮންނެވި މުއްދަތު ތަންފީޒީ މުއްދަތުގެ ގޮތުގައި ނުގުނޭނެ ކަމަށާއި އޭނާގެ ހުކުމް ފުރިހަމަ ކުރުމަށް ޖަލަށް އެނބުރި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ޖަލުގައި ހުރުމަށް ބޭނުންފުޅުވެވަޑައިނުގަންނަވާތީ ޞިއްޙީ ޙާލަތު އެކަމަށް ފުރުޞަތު ނުދިން ނަމަވެސް ޝިނަވާތުއާއި އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ވަނީ ޝިނަވާތުގެ ޞިއްޙީ ޙާލުކޮޅު ގޯސް ކަމަށް ބުނެ އޭނާ ހަސްފަތާލުގައި އޮންނަވަން ޖެހޭ މުއްދަތު ހީލަތްތެރިކަމާއެކު އިތުރުކުރައްވާފައިވާ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
