
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން ތައްޔާރުވަމުންދާ ގްލޯބަލް ޟުމޫދް ފްލޮޓިއްލާގެ އުޅަނދުތަކަށް ޔަހޫދީން ޙަމަލާ ދީފިއެވެ. ޑްރޯން ބޭނުންކޮށްގެން އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ތޫނިސްގެ ބަނދަރެއްގައި އޮއްވައެވެ. އެ އުޅަނދުގައި ތިބި ހަ ފަސިންޖަރުންނާއި ފަޅުވެރިންނަށް އެ ޙަމަލާގައި ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ޙަމަލާގެ ސަބަބުން އުޅަނދުގެ މައި ޑެކަށާއި ޑެކު އަޑީގައި ހުންނަ ތަކެތި ރައްކާކުރާ ގުދަނަކަށް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ގްލޯބަލް ޟުމޫދް ފްލޮޓިއްލާއިން ވަނީ ދިއްލިފައިވާ އުދުހޭ އެއްޗެއް އައިސް އުޅަނދަށް އަރައި މަންޒަރާއި އެއަށްފަހު އުޅަނދުން ދުން އަރައި މަންޒަރު ފެންނަ ވީޑިޔޯއެއް އާއްމުކޮށްފައެވެ.
ނަމަވެސް ތޫނިސްގެ ދާޚިލީ ވުޒާރާއިން ބުނީ އެ ޤައުމުގެ ސީދީ ބައު ސަޢީދު ބަނދަރުގައި އޮތް އުޅަނދަކަށް ޑްރޯން ޙަމަލާއެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ އުޅަނދުގައި ހާދިޘާއެއް ހިނގާފައި ވަނީ އުޅަނދުގެ ތެރޭގައި އަލިފާނުގެ ހާދިޘާއެއް ހިނގައިގެން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ގްލޯބަލް ޟުމޫދް ފްލޮޓިއްލާއިން މަސައްކަތް ކުރަމުންދަނީ ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި އެ ސަހަރަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. މި ބައިނަލްއަޤްވާމީ ޙަރަކާތުގައި 44 ޤައުމަކުން ބައިވެރިވެއެވެ. ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ. އެ އުޅަނދުތަކަށް ޣައްޒާއާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް ބެލެވެނީ މި ހިނގާ ސެޕްޓެންބަރު މަހުގެ މެދުތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
