
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް ޔަހޫދީން ޤަޠަރުގެ ދައުޙާއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. އެނގިފައިވާ ގޮތުގައި ޔަހޫދީން އެ ޙަމަލާ ދީފައި ވަނީ ޣައްޒާ ޢުދުވާން ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޙަމާސްގެ އިސްވެރިން މަޝްވަރާތައް ކުރައްވަމުން ދަނިކޮށެވެ. ޙަމާސްގެ އިސްެވެރިންނަށް ޙަމަލާ ދީފައިވާކަން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ފައިޓަރު ޖެޓު ބޭނުންކޮށްގެންނެވެ. ޔަހޫދީން މަސައްކަތްކޮށްފައި ވަނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލް އަލް-ޙައްޔަ ޝަހީދުކޮށްލުމަށެވެ. އޭނާއަކީ އީރާނާ ގާތް ގުޅުމެއް ބާއްވަވައި ބޭފުޅެކެވެ. އަދި ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް ޙަމަލާގައި އޭނާ ސަލާމަތްވެވަޑައިގަންނަވާފައިވާ ކަން ޙަމާސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ޔަހޫދީންގެ ޙަމަލާއަކީ ފިނޑި ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޙަމަލާއަކީ އެންމެހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށާއި، އެއީ ޤަތަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ޔަހޫދީންގެ އެ ފަދަ ޢަމަލުތަކަށް ޤަތަރުން ބަލައިނުގަންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ޤަޠަރުން މިހާރު ވަނީ ޒަޔަނިސްޓު އިސްރާއީލާއި ޙަމާސްއާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި އެ ޤައުމުން ޢަދާކުރަމުން ދިޔަ ދައުރު މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
