
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި 19 މީހުން މަރުވެފައި ވަނިކޮށް، އޭގެ އެއް ދުވަސް ފަހުން ނޭޕާލްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ކޭޕީ ޝަރްމާ އޯލީ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. މީސްމީޑިޔާގެ ބައެއް މަންސަތައް ނޭޕާލްގައި މަނާ ކުރުމުން މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބާޠިލްކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެފައިވާއިރު 100އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
ޤައުމުގައި އުފެދިފައިވާ ހަލަބޮލިކަން ހުއްޓުވުމަށް ނޭޕާލްގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކާފިއުއެއް ވެސް އިޢުލާނުކޮށްފައެވެ. ނަމަވެސް ކާފިއުއަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން އެއްވުންތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން ބޮޑުވަޒީރު އޮލީއަށް ވަނީ އިސްތިޢުފާ ދެއްވުމަށް މަޖުބޫރުވެފައެވެ. އިސްތިޢުފާ ދެއްވައި ނޭޕާލްގެ ރައީސް ރަމްޗަަންދުރާ ޕައުޑެލަށް ފޮނުއްވި ސިޓީއެއްގެ އޮލީ ވިދާޅުވީ ޤައުމުގެ ޙާލަތަށް ރިޢާޔަތްކުރައްވައި މަޤާމުން އިސްތިޢުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭނާ އިސްތިޢުފާ ދެއްވުމުން ޤައުމަށް ކުރިމަތިވެފައިވާ މައްސަލައަށް ޙައްލެއް ހޯދޭނެ ކަމަށާއި ޤާނޫނު އަސާސީއާ އެއްގޮތަށް ސިޔާސީ ނަޒަރަކުން މައްސަލަ ޙައްލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު އޮލީގެ އިސްތިޢުފާ ރައީސް ޕައުޑެލް ޤަބޫލު ކުރައްވާފައިވާ ކަމަށް ރައީސްގެ އަރިސް ބޭފުޅަކު ވަނީ ޔަޤީންކޮށްދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
