
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ބަނޑުހައިހޫނުކަން ފިލުވައިލުމަށް ލިބިފައި އޮތީ ވަރަށް ހަނި ފުރުޞަތެއް ކަމަށް އދން ބުނެފިއެވެ. ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގެ އެތައް ހާސް ރައްޔިތުން އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންދާ ކަމަށް ބުނެފައެވެ. ޣައްޒާ ސިޓީ ހިމެނޭ ގޮތަށް އެ ސަހަރުގެ ބައެއް ސަރަޙައްދުތަކުގައި ޢާންމުވެފައިވާ ބަނޑުހައިހޫނުކަމެއް ފެތުރިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. މިދިޔަ މާރިޗު މަހުން ފެށިގެން މެއި މަހުގެ މެދުތެރެއާ ހަމައަށް ޣައްޒާއަށް އެއްވެސް މިންވަރަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ޔަހުދީން ދީފައެއް ނުވެއެވެ. މިހާރު ވެސް އެ ސަހަރަށް އެކަށީގެންވާ ވަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅައެވެ.
އދގެ އެހީއާބެހޭ އިދާރާގެ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ އާއްމުވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު ޙައްޒާެ މެދުތެރޭގައި އޮންނަ ދީރުލް ބަލާޙްއާއި ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް ފޯރިޔަ ނުދިނުމަށް ވަގުތު ލިބިފައި ވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. މިހާރު ވެސް ވަގުތު ކުޑަތަންވެ އެހީ ފޯރުކޮށްދިނުމަށް ލިބިފައިވާ ހަނި ފުރުޞަތު ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އދން ވަނީ ހުރަހެއް ނެތި ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމުގެ ފުރުޞަތު ދިނުަމަށް ޔަހޫދީ ސަރުކާރަށް ގޮވާލައިފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 64،000 މީހުން ވަނީ ޝަހީދުވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ގިނަ ޢަދަދެއްގެ މީހުން ދަނީ ޝަހީދުވަމުންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 14 މީހުން ޝަހީދުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
