
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ޔަހޫދީ ރަށްތަކަށް ހަތިޔާރު ނުއުފުލޭނެ ކަމަށް އެ ޤައުމުން އިޢުލާނުކޮށްފިއެވެ. ސްޕެއިންއިން އެ ފަދަ ނިންމުމެއް ނިންމާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން މެދުކެނޑުމެއް ނެތި ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުންނެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްޕެއިނުން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެެއްގެ ގޮތުަގައި ރަސްމީކޮށް ބަލައިގެންފައެވެ. އެ ޤައުމަކީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލައި ޤައުމެކެވެ.
ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ޔަހޫދީ ރަށްތަކަށް ހަތިޔާރު އުފުލުން އެ ޤައުމުން މަނާކޮށްފައިވާއިރު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީންދޭ ޙަމަލާތަކުގައި ސީދާ ބައިވެރިވުން އޮންނަ އެއްވެސް ފަރާތަކަށް ސްޕެއިންއަށް އެތެރެ ނުވެވޭނެ ކަމަށް ވެސް އެ ޤައުމުން ވަނީ ނިންމައިފައެވެ. ޣައްޒާއަށް އަމާޒުކޮށް ޔަހޫދީން ޙަމަލާ ދޭން ފެށި ފަހުން ޔަހޫދީން ވަނީ މިހާތަނަށް ޣައްޒާގެ 64،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޙަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތިވެފައިވާއިރު، ޔަހޫދީން މިހާރު ދަނީ ޣައްޒާއަށް ކާބޯތަކެތި ވެެއްދުމަށް ދަތިކޮށް، އެ ސަހަރުގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
