
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އެތައް ހާސް ބަޔަކަށް ގަސްތުގައި ކާން ނުދޭ ކަމަށް ޔަހޫދީ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ތިން ފަނޑިޔަރުންގެ މައްޗަށް އެކުލެވޭ ޔަހޫދީ ސުޕްރީމް ކޯޓުން މި މައްސަލަ ބަލާފައި ވަނީ ހައްޤުތަކަށް ވަކާލާތުކުރާ ޔަހޫދީ ދެ ޖަމްޢިއްޔާއެއްގެ އެދުމުގެ މަތިންނެވެ. އެ މައްސަލަ ބަލާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހުދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންދިޔަ ނަމަވެސް ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ސުޕްރީމް ކޯޓުން މާ ބޮޑު ބަހެއް ބުނުމެއް ނެތިއެވެ.
ޔަހޫދީ ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނީ ޒަޔަނިސްޓު އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނަށް ދުވާލަކު ތިންއިރު ކާބޯތަކެތި ފޯރުކޮށްދިނުމަކީ ޔަހޫދީންގެ މައްޗަށް ޤާނޫނީގޮތުން ލާމިޒުވާ ކަމެއް ކަމަށެވެ. އަދި އެ ޒިންމާ ޢަދާ ކުރުމަށް އެ ކޯޓުން ވަނީ ކަމާ ބެހޭ އިދާރާތަކަށް ޢަމުރުކޮށްފައެވެ. ޔަހޫދީ ސުޕްރީމް ކޯޓުން ވަނީ ޔަހޫދީ ދެ ޖަމްޢިއްޔާއަކުން ހުށަހަޅާފައިވާ ދެ ޕެޓިޝަނެއް ވެސް ބަލައިގަތުމަށް ނިންމައި، އެ ޕެޓިޝަންތަކުގައި ސަރުކާރުން ޤައިދީންނަށް ގަސްތުގައި ކާބޯތަކެތި ފޯރުނުކޮށްދޭ ކަމަށް ކޮށްފައިވާ ތުހުމަތަށް ތާއީދު ކޮށްފައެވެ. ޔަހޫދީން ދަނީ ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުން އިންތިހާއަށް ދަތިކޮށް، އެ މީހުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން ޣައްޒާގައި ދުވާަލަކު އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.
ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ޔަހޫދީން ވަނީ ޣައްޒާއާއި ހުޅަނގު އައްސޭރިން ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ޖަލަށްލައި ބަންދުކޮށްފައެވެ. އެކި ފަހަރު މަތިން މިނިވަންވެފައިވާ ޣައްޒާގެ ރައްޔިތުން ވަނީ ތޮއް ޖެހިފައިވާ ޔަހޫދީ ޖަލުތަކުގައި ޤައިދީންނަށް ކާންނުދީ، އަނިޔާކޮށް، ޞިއްޙީ ފަރުވާނުދީ ބަލިމަޑުކަމުގެ ތެރޭގައި ގެންގުޅޭ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
