
ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ސްރީ ލަންކާ އާއި ރާއްޖެ ބައްދަލުކުރި ދެވަނަ މެޗަކީ އުނދަގޫ މެޗެއްކަން މެޗަށް ނިކުތްއިރުވެސް އެނގޭ ކަމަށާއި، ނަމަވެސް ގައުމީ ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށް ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރުމަށްފަހު މޯހަން ބުނީ ގާތްގާތުގައި ދެ މެޗު ކުޅެން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއްކަން އެނގޭ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސްވުމުން ކުޅުންތެރިން މިފަދަ މެޗުތަކަށް އެންމެ ފިޓް ނޫން ކަމަށެވެ. މޯހަން ބުނީ އުނދަގޫ މެޗެއްނަމަވެސް ރާއްޖޭގެ ކުޅުންތެރިން ކުރި ހިތްވަރަކީ އަދި ދެއްކި މޮޅު ކުޅުމަކީ ފާހަގަކޮށްލެވޭ ހިތްގައިމު ކުޅުމެއް ކަމަަށެވެ.
“އަހަރުމެންގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނީ. އަހަރުމެންނަށް އިނގޭ ދެވަނަ ގޭމު ފުރަތަމަ މެޗަށްވުރެ އުނދަގޫވާނެ ކަމަށް. ސަބަބަކީ އަހަރުމެން ފުޓްބޯޅަ ނުކުޅޭތާ އަހަރެއްހާ ދުވަސްވީމަ މިފަދަ މެޗުތަކަށް ކުޅުންތެރިން ތިބޭނީ ފިޒިކަލީ އެންމެ ފިޓްކޮންނެއް ނޫން” މޯހަން ބުންޏެވެ. ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރި މަސައްކަތުން މި ހޯދުނީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި ދެން ކުރިޔަށް އޮތްތަނުގައި ގައުމީ ޓީމުން ނެރޭ ނަތީޖާތައް ރަނގަޅުވާނެ ކަމަށެވެ. އަނިޔާއަށްފަހު ގިނަދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް މޮޅު ކުޅުމެއް ދެއްކި ގައުމީ ކީޕަރު ފައިސަލް ބުނީ ރާއްޖޭގެ ކުޅުންތެރިން ވިސްނީ ބަލިނުވެ އެނބުރި ގައުމަށްދެވޭތޯ ކަމަށެވެ. އަދި އެކަން ދެމެހެއްޓުނީތީ އުފާކުރާ ކަމަށެވެ. ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މެޗުގައި ރާއްޖެއިން ލީޑު ނަގާފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާއެއް، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި ލަންކާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލާޓެވެ. މި ނަތީޖާއާއެކު ރާއްޖެއިން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގައި ކުޅުނު ދެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވިފަހުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކެވެ.
ދެން އޮންނާނީ ރާއްޖެއަށް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކެވެ. އެއީ އަންނަ މަހުގެ ނުވަވަނަ ދުވަހު ތަޖަކިސްތާނާއި ދެކޮޅަށް ރަށުންބޭރުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. އަދި އޭގެ ފަސް ދުވަސް ފަހުން އަމިއްލަ ގައުމުގައި ރާއްޖެއިން ތަޖިކިސްތާނާ ދެކޮޅަށް ކުޅޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
