ރަސްމީކޮށް ޕޯސްޓް ޚިދުމަތް ދޭން ފެށިތާ 119 އަހަރު މިއަދު ފާހަގަކުރާއިރު، ޕޯސްޓްގެ ޚިދުމަތަކީ އޭގެ ކުރިންވެސް ދެމުންގޮސްފައިވާ ޚިދުމަތެއްކަން ފާހަގަކޮށްލެވެއެވެ. 9 ސެޕްޓެމްބަރ 1906 ވަނަ އަހަރު ޕޯސްޓްގެ ޚިދުމަތް ފެށިގެންއައިއިރު ފުރަތަމަ ބޭނުންކޮށްފައިވަނީ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެންނެވެ. އަދި އަމިއްލަ ސްޓެމްޕެއް ތައްޔާރުކޮށް ބޭނުންކުރަން ފަށާފައިވަނީ 1909 ވަނަ އަހަރުއެވެ. މި ސްޓޭމްޕަކީ ހުކުރު މިސްކިތު މުންނާރާއި އަރަބި އިބާރާތެއް ހިމަނައިގެން ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ. މި ސްޓޭމްޕަކީ ތާރީހާއި ޘަގާފަތް ރަމްޒުކޮށްދޭ ފިލަޓެލިކް އުފެއްދުއްތަށް ފެށުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެއަކީ1967 ވަނަ އަހަރުން ފެށިގެން ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ މެމްބަރު ޤައުމެކެވެ. މޯލްޑިވްސް ޕޯސްޓް ވެގެންގޮސްފައިވަނީ ބައިނަލްއަޤުވާމީ ޕޯސްޓަލް ސިސްޓަމްގައި ޚިދުމަތްދޭ ދިވެހިރާއްޖޭގެ ޑެސިގްނޭޓެޑް އޮޕަރޭޓަރުގެ އިތުރުން އީ.އެމް.އެސް ކޯޕަރޭޓިވް މެމްބަރަށެވެ. އީ.އެމް.އެސް. ނުވަތަ އެކްސްޕްރެސް މެއިލް ސަރވިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި އެހެނިހެން ފަރާތްތަކުންވެސް ލިޔެކިޔުމާއި ތަކެތި ފޮނުވުމަށާއި ލިބިގަތުމަށް ފޯރުކޮށްދޭ ފެންވަރު ރަނގަޅު، އިތުބާރު ހޯދާފައިވާ ޙާއްސަ އަވަސް ޚިދުމަތެކެވެ. ސަރުކާރުގެ %100 ހިއްސާވާ ކުންފުންނެއްގެ ގޮތުގައި 1994 ވަނަ އަހަރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އުފެދިގެން ގޮސްފައިވާއިރު، ކުދި ވިޔަފާރިތައް ރާއްޖެއާއި ރާއްޖެއިންބޭރުގެ މާކެޓްތަކާގުޅުވައިދީ، ބާރުވެރިކުރުމުގައި ޕޯސްޓުން އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. އެގޮތުން އީޓުކުރި ލޯކަލް ޕްލެޓްފޯމަކީ ވިޔަފާރި ކުރައްވާފަރާތްތަކާއި ރާއްޖެއާއި ދުނިޔޭގެ މާކެޓްތަކާއި ގުޅުވާލާދީފައިވާ ޕްލެޓްފޯމެކެވެ. މިގޮތުން މި ޕްލެޓްފޯމްގެ ކޮމިއުނިޓީ އޮންލައިން ޝޮޕްތަކަކީ ސީދާ ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ އުފެއްދުންތަކަށް ހާއްސަ ބައެއްކަން ފާހަގަކޮށްލެވެއެވެ. އަދި އީޓުކުރި އިންޓަނޭޝަނަލްއަކީ ރާއްޖެއިންބޭރުން ތަކެތި ބައްލަވާގަންނަވާ ފަރާތްތަކަށް އެތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ވަރަށް ފުރިހަމަ ހައްލެއް ގެނެސްދީފައިވާ ޕްލެޓްފޯމެކެވެ.
ގަރުނަކަށްވުރެ ދިގު މަޒީގައި ޕޯސްޓްގެ ޚިދުމަތް ފުޅާވެގެން ގޮސްފައިވާއިރު، މި ޚިދުމަތަކީ ޒަމާނީ އަދި އިޖާދީ ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްވެސް، އެއްރަށް އަނެއްރަށާއި އަދި ދުނިޔޭގެ ކަންކޮޅުތަކާ ގުޅުވާލަދީފައިވާ ވިޔަފާރިއާއި އަމިއްލަ ފަރުދުންގެ ބައިވެރިއެކެވެ. ޕޯސްޓްގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ކުރިއެރުމާއި މުވާސަލާތާއި އިޤްތިސާދު ކުރިއެރުވުމުގައި ވަރަށް ފުޅާ ދައުރެއް އަދާކޮށްފައިވާ އަދި އަދާ ކުރަމުންދާ އެއް ހިއްސާދާރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...




