
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އިދިކޮޅު އެމްޑީޕީން ވަކިވާން ޖެހުނު ސަބަބު އެނގެން ޖެހޭ މީހުންނަށް ސާފުވާނެ ކަމަށާއި އެކަމުގައި ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު، މަހްލޫޕް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. މި ނިންމުމާ މެދު އެމްޑީޕީގެ ބައެއް މެމްބަރުންނާއި އާއްމުންގެ ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ. މަހްލޫފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު، އެކަން ކުރަން ޖެހިވަޑައިގަތް ސަބަބު އެ ޕާޓީގެ ބައެއް ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތަފްސީލެއް ނުދެއްވިޔަސް މަހްލޫފް އެމްޑީޕީގެ ހަރަކާތްތަކާ ފެއަށް ވަޑައިގަތީ އެންމެ ފަހުން ބޭއްވި މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަން އިއުލާންކުރެއްވުމަށް ފަހު އެވެ. އެކަމަކު ފަހުން އޭނާ ވާދަނުކުރައްވައި ފަހަތަށް ޖެހިވަޑައިގަތީ އެވެ.
އެމްޑީޕީން ވަކިވާން ނިންމެވި ނިންމެވުމާ މެދު އެ ޕާޓީގެ އެއްވެސް މެމްބަރެއްގެ ހިތްހަމަނުޖެހުމެއް އޮތް ނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި އަބަދުވެސް އެކުވެރިކަން އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. “ސިޔާސީ ޕޯޑިއަމަކަށް ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރު ވީ އެވެ. މިއަދުގެ ނިންމުމާ އެކު މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މާއާފަށް އެދެމެވެ،” މަހުލޫފްގެ ޕޯސްޓުގައިވެ އެވެ. “އެކަމަކު ގިނައިން ފާޑުކިޔާފައި ހުރިތަން ފެންނަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުންނެވެ. އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ އެވެ. ވަކި ސިޔާސަތުތަކެއް ހިފައިގެން އެއް ގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއް ވެސް ނެތެވެ. ދެގޮތެއްނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ނެތެވެ.”
މަހްލޫފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނީތީ އުފާކުރައްވާ ކަމަށެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ހިޔާލު ތަފާތުވެ، އެ ޕާޓީއާ ފެޔަށް ޖެހުމަށް ފަހު އެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެމްބަރެއްގެ ގޮތުގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފްގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ މި ވަގުތު ބޮޑަށް މަސައްކަތް ކުރައްވަނީ ކުޅިވަރާ ގުޅުން ހުރި ކަންކަމުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
