
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ 119 އަހަރުގެ ތެރޭގައި ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި ދެއްވުމަށް އިސްވެ ތިއްބެވި ވެރިންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕޯސްޓްގެ ޚިދުމަތުގެ ދިގު ތާރީޚުގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޝުކުރާއި ހެޔޮއެދުން ވަނީ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޯސްޓްގެ ޚިދުމަތާއެކު ރާއްޖޭގެ ކުރިއެރުމާއި، މުވާސަލާތީ ދާއިރާއިން ޙާސިލުކޮށްފައިވާ ކާމިޔާބީތަކާއި އަދި އިޤްތިޞާދީގޮތުން ކުރިއަރައިދިޔުމުގައިވެސް ޒަމާންތަކަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފަައި. މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ.… pic.twitter.com/E0DREIJr3p
— Dr Mohamed Muizzu (@MMuizzu) September 9, 2025
ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވުނީ 1906 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ޕޯސްޓް އޮފީހެއް ހުޅުވަން މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް އޭރު އޮތް ދިވެހި ސަރުކާރަށް ވިސްނުމެވެ. ޕޯސްޓް އޮފީހުގައި އޭރު އެންމެ ފުރަތަމަ ބޭނުންކުރީ ސިލޯނުގެ 25 ސެންޓް ސްޓޭމްޕްގައި މޯލްޑިވްސް ޖަހައިގެންނެވެ. ޕޯސްޓް އޮފީހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްޓޭމްޕެއް ބޭނުންކުރީ 1909 ވަނަ އަހަރުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޖެންސީ ޕޯސްޓް އޮފީހެއް ޤާއިމުކޮށްފައިވަނީ 1994 ވަނަ އަހަރުގައެވެ. މިއޮފީސްތަކާއެކު އަތޮޅުތަކަށް ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތުގެ ޑެލިވަރީވަނި އަވަސްވެފައެވެ.
ޕޯސްޓްގެ ޚިދުމަތް ފުޅާވެ، ޚިދުމަތްދޭ ފަރާތްތަކުގެ ޢަދަދު އިތުރުވުމާއެކު ސަރުކާރުންވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ނަމުގައި 100 އިންސައްތަ ސަރުކާރު ހިއްސަވާ ކުންފުންޏެއްގެ ގޮތުގައި ޕޯސްޓްގެ ޚިދުމަތް ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
