ސަރުކާރުގެ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން، ޗައިނާގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ފެއަރއެއް ކަމަށްވާ، ޗައިނާ އިންޓަރނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް، (ސިފިޓް 25)ގައި ބައިވެރިވެއްޖެއެވެ. މި ފެއަރ ކުރިއަށްދަނީ މިމަހުގެ 8އިން 11އަށް، ޗައިނާގެ ފުޖިޔާން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައެވެ. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއަރގައި މިފްކޯއިން ވަނީ ޚާއްސަ ސްޓޯލެއް ބަހަށްޓާފައެވެ. މި ސްޓޯލް މެދުވެރިކޮށް ކަނޑުމަހުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ފަރާތްތަކަށް ތަޢާރަފްކޮށް ޕްރޮމޯޓްކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ ލޯކަލް ސޭލްސް އެންޑް މާކެޓިންގ، އައިޝަތު ރިޔާޒާ ވިދާޅުވީ، މި ފެއަރގައި މިފްކޯގެ ތަފާތު އުފެއްދުންތައް ދައްކާލައި، ފެއަރއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެކަމަށެވެ. މި ފެއަރގައި ބައިވެރިވުމުގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ މާކެޓުތަކަށް ފުޅާކުރުންކަމަށް އޭނާ ވިދާޅުވެއެވެ. މީގެ އިތުރުން ޗައިނާއަށް މިފްކޯގެ ވިޔަފާރި ތައާރަފުކޮށް، ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް އާ ދޮރުތަކެއް ހުޅުވުވައިދިނުމަކީވެސް މި ފެއަރގައި ބައިވެރިވުމުގެ މަގުސަދެއްކަމަށް ރިޔާޒާ ވިދާޅުވިއެވެ. ޗައިނާގައި ކުރިއަށްދާ މި ފެއަރގައި މިފްކޯއިން ބައިވެރިވެފައިވާއިރު، މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއަރގައިވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ. އެފްއެޗްއޭއެމް ފެއަރގައި ބަހައްޓާފައިވާ މިފްކޯގެ ސްޓޯލަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ ބައިނަލްއަޤުވާމީ އަދި ޤައުމީ ފެއަރތަކުގައި ބައިވެރިވުމަކީ މިފްކޯއިން އެ ކުންފުނީގެ އުފެއްދުންތައް ފުޅާކޮށް، ގިނަ ބަޔަކާ ހަމައަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...


