
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތުގެ ލަންޑަނުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި 900އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ޕަލެސްޓީނިއަން އެކްޝަންއަކީ އިނގިރޭސިވިލަތުން މަނާ ޙަރަކާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޙަރަކާތެކެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރުން އެއީ މަނާ ޙަރަކާތެއް ކަމަށް ކަނޑައެޅީ އެ ޙަރަކާތަށް ނިޞްބަތްވާ ބައެއް މެންބަރުން އެ ޤައުމުގެ ރޯޔަލް އެއަރ ފޯސްގެ މަރުކަޒަކަށް ވަދެ އަސްކަރީ މަތިންދާބޯޓުތަކަކަށް ގެއްލުން ދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ޔަހޫދީންނާ ގުޅުންހުރި ދިފާޢީ ކުންފުނިތަކަށް އަމާޒުކޮށް ވެސް ގެއްލުން ދިނުމުގެ ޢަމަލުތައް ހިންގާފައިވެއެވެ. އެ ޙަރަކާތަށް ނިޞްބަތްވާ މެންބަރުން ޤަބޫލުކުރާ ގޮތުގައި ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގައި ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުގެ ވެސް ޝާމިލަވެއެވެ.
ލަންޑަންގައި ހުންނަ މަޖިލިސް ކުރާ ގެ ކައިރީގައި ކުރި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 890 މީހުން ހައްޔަރުކޮށްފައިވާ އިރު މިއީ މިހާތަނަށް އެއް މުޒާހަރާއަކުން މިހާ ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ފުރަތަމަ ފަހަރެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ އުމުރުން 60 އަހަރުން މަތީގެ ދުވަސްވީ މީހުންނެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިިން 857 މީހުން ބަންދުކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ޙަރަކާތްތެރިވުން މަނާ ޙަރަކާތަކަށް ތާއީދު ކުރުމުގެ ކުށުގައެވެ. އަދި ފުލުހުންނަށް ޙަމަލާ ދިނުމުގެ ކުށުގައި އިތުރު 17 މީހުން ހައްޔަރުކޮށްފައިވެއެވެ.
މުޒާހަރާތައް ރޭވުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޑިފެންޑް އަވަރ ޖުރީސް ކިޔައި ޖަމްޢިއްޔާއިން ބުނީ ޕަލަސްޓީނިއަން އެކްޝަން ޙަރަކާތަކީ މަނާ ޙަރަކާތެއްގެ ގޮތުގައި ދެމިއޮންނަހާ ހިނދަކު ބޮޑެތި ބައިގަނޑުތަކަށް މީހުން އެއްވެ މަދަނީ ބަސްނޭހުމުގެ ޙަރަކާތްތައް ހިންގުމުގައި ދެމިތިބޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
