
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 19 މީހުން މަރުވެފައިވާ ކަަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެފިއެވެ. ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުން ކުރުން މަނާ ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން އަދި އެ ޤައުމުގައި ކޮރަޕްޝަން ފެެތުރެމުންދާތީ އެ ކަމާ ނުހުރުހުން ފާޅު ކުރުމަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ މަގުތަކުގައި މުޒާހަރާކޮށް، ކަތުމަންޑޫގައި ހުންނަ އެ ޤައުމުގެ މަޖިލީސް ކުރާ ގެއަށް ވަދެގަތުމަށް މަސައްކަތް ކޮށްފައެވެ. ޒުވާނުންތަކެއް އިސްވެ މަޖިލިސް ކުރާ ގެއަށް ވަނުމަށް ކުރި މަސައްކަތް ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި އުނޑަ ބޭނުންކޮށްފައެވެ. އެ މުޒާހަރާތަކުގައި 17 މީހުން މަރުވެފައިވާއިރު، އަނިޔާވި 100އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި 28 ފުލުހުން ވެސް ހިމެނެއެވެ. ނޭޕާލްގެ އިތަހަރީ ސިޓީގައި ކުރި މުޒާހަރާތަކުގައި ވެސް ދެ މީހުން މަރުވެފައިވެއެވެ. ހަމަނުޖެހުން އިތުރުވެފައިވާތީ ކަތުމަންޑޫގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ކާފިޔު އިޢުލާނު ކޮށްފައެވެ. ނޭޕާލްގެ ބޮޑުވަޒީރު، ކޭޕީ ޝަރްމާ އޯލީ ވަނީ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާމެދު މަޝްވަރާ ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައިފައެވެ.
މުޒާހަރާގެ ބައިވެރިން ބުނީ އެ އެއްވުންތަކުން ދައްކުވައިދެނީ ޤައުމުގެ ޒުވާނުންގެ މެދުގައި ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުން ކަމަށެވެ. ޤައުމުގައި ފެތުރިފައިވާ ކޮރަޕްޝަންގެ ވަބާއާ ދެކޮޅަށް ސަރުކާރަށް އެދެވޭ ފިޔަވަޅެއް ނޭޅޭ ކަމަށާއި އިޤްތިޞާދީ ފުރުޞަތުތައް އިތުރު ކުރުމަށް މަސައްކަތް ނުކުރެވޭ ކަމަށް މުޒާހަރާގެ ބައިވެރިން ފާހަގަކުރެއެވެ. 30 މިލިޔަން މީހުންގެ އާބާދީއެއް އޮތް ނޭޕާލްގެ އާބާދީގެ 90 އިންސައްތަ މީހުން އިންޓަރނެޓުގެ ވަސީލަތްތައް ބޭނުން ކުރެއެވެ. މަޝްހޫރު މީސްމީޑިޔާ މަންސަ، ފޭސްބުކް ހިމެނޭ ގޮތަށް، ބައެއް މަންސަތައް ބްލޮކް ކުރުމަށް ނުވަތަ މަނާ ކުރުމަށް ނޭޕާލުން ނިންމާފައި ވަނީ އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުގައި ރަޖިސްޓަރީ ކުރުމަށް މީސްމީޑިޔާގެ މަންސަތަކަށް މުހުލަތެއް ދިނުމަށް ފަހުއެވެ. ނޭޕާލްގެ މުއާޞަލާތާ ބެހޭ ވުޒާރާގައި ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުހުލަތު ސެޕްޓެންބަރު 3ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
ނޭޕާލްގެ ކަމާ ގުޅޭ އިދާރާތަކުގައި މީސްމީޑިޔާގެ މަންސަތައް ރަޖިސްޓަރީ ކުރުމަށް ހުޅުވައިލާފައި ވަނީ އެ ފަދަ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ނަމުގައެވެ. ނޭޕާލްގެ ސަރުކާރުން ބުނީ، ފޭކު ނަންނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓުތައް ބޭނުން ކޮށްގެން ސާބިތުނުހިފޭ ވާހަކަތައް ފަތުރައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ސައިބަރ ކްރައިމް ނުވަތަ އިންޓަރނެޓުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ ކުށްތައް އިތުރުވެފައިވާ ކަމަށާއި، މީސްމީޑިޔާގެ މަންސަތައް ބޭނުން ކޮށްގެން މުޖުތަމަޢުގެ ޢާންމު މަސްލަޙަތާއި ހަމަޖެހުން ނަގައިލަމުންދާ ކަމަށެެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
