
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ދިރިތިބި ކަމަށް ބެލެވޭ 20 ޔަހޫދީ އަސީރުންގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެހެން ވިދާޅުވެފައި ވަނީ ޣައްޒާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޣައްޒާ ސިޓީގައި ތިބި މިލިޔަނެއްހާ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ޔަހޫދީން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާއެއްގައި ޙަމާސުން ވަނީ ޔަހޫދީންގެ 251 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު މީގެ ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަމާސުން ވަނީ ގިނަ ޢަދަދެއްގެ އަސީރުން މިނިވަން ކޮށްފައެވެ. ޔަހޫދީން މިހާރު ޤަބޫލުކުރާ ގޮތުގައި ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 47 އަސީރުން ތިބިއިރު، އޭގެ ތެރެއިން 27 މީހުން ވަނީ މަރުވެފައެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ އަސީރުން މަރުވެފައި ވަނީ ޔަހޫދީ ފައުޖުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބެލެވޭ 47 އަސީރުންގެ ތެރެއިން 30އެއްހާ މީހުން މަރުވެފައިވާ ކަމަށް ބެލެވޭއިރު، ބާކީ ތިބި މީހުންގެ ތެރެއިން ބައެއް މީހުން ފަހުގެ ދުވަސްތަކުގައި މަރުވެފައިވާ ކަމުގެ އަޑުތައް އިވިވަޑައިގެންފައިވާ ކަމަށެވެ. އެއީ ރަނގަޅު މަޢުލޫމާތެއް ނޫން ކަމަށް އުންމީދު ކުރައްވައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެ މަޢުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ. ޓްރަމްޕް ވިދާޅުވީ ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ޙަމާސްއާއެކު އެ ޤައުމުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތީ އުނދަގޫ ޙާލަތެއް ކަމަށް ވެސް ޓްެރަމްޕް ވިދާޅުވެފައިވެއެވެ. ބާކީ ތިބީ މަދު ޢަދަދެއްގެ އަސީރުން ކަމަށްވާއިރު، އެ މީހުން މިނިވަން ކުރުމަށް ގިނަ ދޫތައް ދިނުމަށް އެއްބަސްވާން ޖެހުން އެކަށީގެންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ މި ފަފަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ. އޭރު ޓްރަމްޕް ވިދާޅުވީ މިހާރު ޙަމާސްގެ ބެލުމުގައި ތިބި ދިރިތިބި އަސީރުންގެ ޢަދަދު 20އަށްވުރެ މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޔަހޫދީ ސަރުކާރުން ދިރިހުރި ކަމަށް ބުނާ އަސީރުންގެ ޢަދަދަށް ވުރެ ހަޤީޤަތުގައި ދިރިހުރި އަސީރުންގެ ޢަދަދު މަދުވާނެ ކަމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އަންހެނުން ސާރާ ބުނި އަޑު ވެސް އިވިފައިވެއެވެ. އަސީރުންތަކެއް މަރުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި މި ވަނީ ދެ އަސީރުން ގޮވައިގެން ޣައްޒާ ސިޓީގެ މަގުތަކުގައި ދުއްވާ މަންޒަރު ފެންނަ ވީޑިޔޯއެއް ޙަމާސުން އާއްމުކޮށްފައި ވަނިކޮށެވެ. އެ ވީޑިޔޯގައި ފެންނަ އަސީރުންގެ ތެރެއިން އެކަކު އޭނާއާއި ޣައްޒާ ސިޓީގައި ތިބި އިތުރު އަށް އަސީރުން ޔަހޫދީން ޣައްޒާ ސިޓީއަށް ދެމުންދާ ޙަމަލާތައް ނުހުއްޓައިފި ނަަމަ މަރުވާނެ ކަމަށް ބުނެއެވެ.
މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޣައްޒާ ސިޓީގެ 40 އިންސައްތައަށްވުރެ ބޮޑު ބައި މިހާރު ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބެލެވެއެވެ. އެ މަޤްސަދު ޙާޞިލް ކުރުމަށް ޣައްޒާ ސިޓީއަށް ދެމުުންދާ ޙަމަލާތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ފުޅާ ކުރާނެ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
